
އޭވްސެކްކޮމް ފުޓްސަލް ޗެލެންޖް: ޓެސްކޯ އެފްސީ ތަފާތު ބޮޑުނަތީޖާއަކުން ބަލިކޮށް ގުރޫޕުގެ އެއްވަނައަށް އަޑަފި ޖެހިލައިފި.
މިހާރު ކުރިޔައްދާ އޭވިއޭޝަން ސެކިއުރިޓީ 2016 ފުޓްސަލް ޗެލެން މުބާރާތުގައި އަޑަފި އާއި ޓެސްކޯ ފުޓްބޯޅަ ކުލަބު ބައްދަލުކުރި މެޗު ތަފާތު ބޮޑުނަތީޖާއަކުން ފަސޭހަކަމާއެކު އަޑަފި މެޗު ކާމިޔާބުކޮށްފިއެވެ.

މިމެޗުން ޓެސްކޯ ފުޓްބޯޅަ ކުލަބު މޮޅުވީ އަޑަފީގެ މައްޗަށް 3-8 ގެ ނަތީޖާއިން ކުރިހޯދައިގެންނެވެ.
އިއްޔެ ހަވީރު އާރުއެޗްކިއު ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުގައި ފޯރިގަދަ ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައިރު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑުނަގާފައިވަނީ ވެސް އަޑަފިންނެވެ. އަޑަފީގެ ލަނަޑުތައް ޖަހައިދީފައިވަނީ މެޗުގައި މޮޅުކުޅުމެއް ދެއްކި ހާޝިމް ޚާލީދު 2 ލަނަޑު، މޫސާނަސީރު 2 ، އަލީރިޒާ 1 ލަނޑު، މުޙައްމަދު ފަލާޙު 1 ލަނޑު އަދި ސައީދު އަލީ 1 ލަނޑު ޖަހާދީފައިވެއެވެ.

ޓެސްކޯ އެފްސީން ޖެހި ލަނޑުތައް ޖަހައިދީފައިވާ ކުޅުންތެރިންނަކީ ނުޝާދު މުޙައްމަދު އަދި އާދަމް ޝަމީޒް އެވެ. ނީއުޝާދު 2 ލަނޑު ޖެހިއިރު ޝަމީޒު ވަނީ 1 ލަނޑު ޖަހައިދީފައެވެ.
މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މުޅި މެޗުގައި މޮޅުކުޅުމެއް ދައްކާ 2 ލަނޑު ޖަހައިދިން ހާޝިމް ޚާލިދެވެ.

މިނަތީޖާއާ އެކު މިވަގުތު އަޑަފި ހިމެނޭ ގުރޫޕް ބީގެ އެއްވަނަ ވަނީ އެޓީމަށް ލިބިފައެވެ. އެޓީމަށް ގުރޫޕްގެ އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. އަޑަފިއާ އެއްވަރަކަށް ޕޮއިންޓް ލިބިގެން ގުރޫޕް އޭގެ ދެވަ ޓީމުގެގޮތުގައި މިވަގުތު އޮތީ އެފްސީ ބްރޭކް އެވެ. އެޓީމުވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން ޓީމް އޯކޭގެ މައްޗަށް 2-6 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.
މިއަދު ހަވީރުވެސް މި މުބާރާތުގެ ފޯރިގަދަ މެޗެއް ކުޅެވޭނެއެވެ. މި މެޗުގައި ބައްދަލުކުރާނީ ޓީމް ޔަގީން އާއި ޓީމް ހޮޅުއަށްޓެވެ. މި މެޗުވެސް ކުޅެވޭނީ ހުޅުލެ އާރުއެޗްކިއު ދަނޑުގައި މިއަދު ހަވީރު 4:30 ގައެވެ.



