އެރިކް ލަމޭލާ ހޯދުމުގެ ރޭހައް އޭސީ މިލާން..؟

އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމްއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޒުވާން އެޓޭކިން މިޑްފީލްޑަރ އެރިކް ލަމޭލާ ހޯދުމަށް އިޓަލީގެ އޭސީމިލާނުން ތައްޔާރުވަމުން ގެންދާކަމަށް މީޑިއާ ރިޕޯޓްތަށް ބުނެފިއެވެ.

އާޖެންޓީނާގެ ގައުމީޓީމުގައިވެސް މުހިންމު ދައުރެއް އަދާކުރާ އު މުރުން 24 އަހަރުގެ ލަމޭލާ ހޯދުމަށް އޭސީމިލާނުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމުގެ ޚަބަރުތައް މީޑިއާގައި ފެތުރެމުން ދާއިރު އޭނާ ޓޮޓެންހަމްއާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަ 2018 ވަނަ އަހަރުގެނިޔަލަށް ހަމަވާނެއެވެ. އެހެން ނަމަވެސް އޭނާ ވަނީ އަދި އިތުރު އެއްއަހަރު އެޓީމުގައި މަޑުކުރަން ދާދި ފަހުން ނިންމާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

2013 ވަނަ އަހަރު އިޓަލީގެ ރޯމާއިން 30 މިލިއަން ޕައުންޑަށް ޓޮޓެނަހަމްއާ ގުޅުނު މިޑްފީލްޑަރ ދަނީ ޓޮޓެނަހަމްގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެމުންނެވެ.

އެރިކް ލަމޭލާއަށް ފާރަލަމުންގެންދާ މިލާނުން ބުނީ އެޓީމުން ލަމޭލާ އަށް ވަރަށް ބޮޑަށް ޝައުގުވެރި ވާކަމަށާއި އެހެން ނަމަވެސް އޭނާ ހޯދުމުގެ މަސައްކަތް އަދި ނުކުރަން ނުފަށާކަމަށެވެ.

މިލާނުން. ބުނިގޮތުގައި ލަމޭލާ ހޯދުމުގެ މަސައްކަތް ދާދިއަވަހަށް ފަށާނެ ކަމަށާއި އަންނަ އަހަރު ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓުގައި އޭނާ ގެނެވޭތޯ މަސައްކަތް ކުރާނެކަމަށެވެ.

ލަމޭލާ ހޯދުމުގެ މަސައްކަތް މިލާނުން ފަށަން ތައްޔާރުވާއިރު އޭނާ ވަނީ ޓޮޓެނަހަމްގައި މަޑުކުރަން ބޭނުންވާ ކަމުގައި ބުނެފައެވެ.

އޭސީމިލާނުން ލަމޭލާ ހޯދުމުގެ މަސައްކަތް ފަށަންތައްޔާރުވާއިރު ހުދު އޭނާ އަދި މިކަމާ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ލަމޭލާ ވަނީ މީގެކުރިން އިޓަލީގެ ރޯމާގައި ދެ ސީޒަން ކުޅެ މޮޅުކުޅުމެއް ދައްކާފައެވެ. އޭނާ ރޯމާއަށް ކުޅެދީފައިވަނީ 2011 އިން 2013 ވަނަ އަހަރާ ހަމައަށެވެ.

އޭނާ ޓޮޓެނަހަމްއާ ގުޅުނީ 2013 ވަނަ އަހަރުގެ ސީޒަނަށް ފަހުގައެވެ. ލަމޭލާ ވަނީ މިހާތަނަށް ޓޮޓެނަހަމްއަށް  84 މެޗު ކުޅެދީ 8 ގޯލްވެސް ޖަހާފައެވެ. އޭނާ ވަނީ ރޯމާއަށް ކުޅުނު 62 މެޗުގައި 19 ގޯލް ޖަހާދީފައިވެއެވެ.

މި ސީޒަނުގައިވެސް އޭނާ ވަނީ މިހާތަނަށް ކުޅުނު 8 މެޗުގައި 2 ގޯލް ކާމިޔާބުކޮށްދީފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.