
ލެސްޓާ ސިޓީ ކުޅުންތެރިންނަށްވުރެ ރޫނީ މޮޅު ނޫންކަމަށް ރަނިއޭރީ ބުނެފި.
ލެސްޓާ ސިޓީގެ ކުޅުންތެރިންނަށްވުރެ ރޫނީ މޮޅު ނޫންކަމަށް ލެސްޓާ ސިޓީގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނެފި އެވެ.
ނޫސްވެރިންނާ ވާހަކަދައްކަމުން ލެސްޓާގެ ކޯޗު ރަނިއޭރީ ބުނީ ރޫނީ އަކީ މޮޅުކުޅުންތެރިއެއް ކަމަށާއި ކަމަށާއި އަދި ތަޖުރިބާވެސް ހުރި ކުޅޫންތެރިއެއްކަމަށެވެ. އެހެންނަމަވެސް ރޫނީ ލެސްޓާ ކުޅުންތެރިންނާއި އަޅާ ކިޔާވަރަށް ވުރެ މިހާރު ކުޅުންދައްކަމަށް އޭނާ ބުންޏެވެ.
ލެސްޓާ ސިޓީ އަށް މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ކޯޗު ރަނިއޭރީ ބުނީ މި ސީޒަނުގައިވެސް ކްލަބްގެ ކުޅުންތެރިން ދައްކަމުން އަންނަނީ މޮޅުކުޅުމެއް ކަމަށާއި ޓީމުގެ ކުޅޫންތެރިން ދައްކާ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ. ރަނިއޭރީ ބުނީ މި ސީޒަންވެސް ވަރަށް ކާމިޔާބު ސީޒަނަކަށްވެގެންދާނެ ކަމުގެ އުންމީދު އެބައޮތް ކަަމަށެވެ.
ހޮނިހިރު ދުވަހު ހަވީރު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ލެސްޓާ ސިޓީ ނިކުންނައިރު، ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފައެވެ. އެގޮތުން އެޓީމު ޗެމްޕިއަން ލެސްޓާއާ ދެކޮޅަށް ކުޅޭ މެޗަކީ އެޓީމަށް ފަސޭހަ މެޗަކަށް ނުވާނެއެވެ.
ލެސްޓާ ސިޓީ އެޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައިވާއިރު، ބާކީ ދެ މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ.



