
ފެބްރިގާސް އިޓަލީގެ އޭސީ މިލާނާ ގުޅެނީ..؟!
ޗެލްސީއަށް ކުޅެމުންއަންނަ ސްޕެއިން މިޑްފީލްޑަރ ސެސް ފެބްރިގާސް އިޓަލީގެ އޭސީމިލާނަށް ބަދަލުވުމާ ގާތަށް ގޮސްފައިވާކަމަށް މީޑިއާ ރިޕޯޓްތަށް ބުނެފިއެވެ.
މީޑިއާ ރިޕޯޓްތަށް ބުނާގޮތުން އޭސީ މިލާނުން މިހާރުގެންދަނީ ފެބްރިގާސް އާވާހކަދައްކަމުންނެވެ.
މި ރިޕޯޓްތަށް ބުނާގޮތުން އަންނަ ޖެނުއަރީ ޓްރާންސްފާގައި ޗެލްސީ މިޑްފީލްޑަރ އިޓަލީގެ އޭސީމިލާނާ ގުޅޭނެއެވެ.
ފެބްރިގާސް ޗެލްސީ ދޫކޮށްދާން އުޅޭކަމުގެ ވާހަކަތައް މީޑިއާގައި އަޑުގަދަކޮށް ދެކެވޭއިރު އޭނާއަށް މި ފަހަކަށް އައިސް ޗެލްސީގެ ފުރަތަމަ 11 އިން ފުރުސަތު ނުލިބެއެވެ. އަދިފެގްރިގާސް އިންނަން ޖެހިފައިވަނީ ޗެލްސީގެ ބެންޗް ހޫނުކުރާށެވެ.
ނިމިގެން ދިޔަ ސީޒަނުގައި ޗެލްސީގެ ފުރަތަ އެގާރައިން ފުރުސަތު ލިބި އޭނާ ވަނީ ޗެލްސީގައި ރަނގަޅުކުޅުމެއް ދައްކާފައެވެ.
2014 ވަނަ އަހަރު ޗެލްސީއާ ގުޅުނު ސްޕެއިންގެ ގައުމީޓީމުގައިވެސް ހިމެނޭ މިޑްފީލްޑަރ ވަނީ މިހާތަނަށް ޗެލްސީއަށް 74 މެޗު ކުޅެދީ 8 ގޯލްވެސް ޖަހައިދީފައެވެ.



