އަންނަ ދިރާސީ އަހަރަށް މާލޭ ސިޓީގެ ސަރުކާރު ސްކޫލުތަކަށް ވަނުމަށް ފުރުޞަތު ހުޅުވާލައިފި

އެޑިއުކޭޝަން މިނިސްޓްރީން ބުނީ 2017 ވަނަ އަހަރު މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުންނަ ސަރުކާރުގެ ސްކޫލްތަކަށް އަލަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.

އަދި މާލެ، ހުޅުމާލެ، އަދި ވިލިމާލޭގެ ޕްރީ ސްކޫލްތަކުން ގްރޭޑް އެކަށް ބަދަލުވާ ކުދިންނާއި ގްރޭޑް ހަތަކުން އަށަކަށް ބަދަލުވާ ކުދިން މާލެ، ހުޅުމާލެ އަދި ވިލިމާލޭ ސްކޫލްތަކުގައި ރަޖިސްޓަރީކުރުމުގެ މަސައްކަތްވެސް ފަށާފައިވާކަމަށެވެ.

އިޝްތިހާރު Below Header ad

މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ސަރުކާރު ސްކޫތަކަށް ދަރިވަރުން ވައްދަން އެދޭ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުވުމަށްފަހު އަންނަ ނޮވެންބަރު މަހުގެ 5 ވަނަ ދުވަހު، އޮފީސް ބަންދުވުމުގެ ކުރިން އެ މިނިސްޓްރީއަށް ފޯމު ހުށަހެޅުމަށާއި ފޯމު ހުށަހަޅާ އިރު ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެ މިނިސްޓްރީން އެދެއެވެ.

މާލޭ އޭރިޔާގެ ސްކޫލްތަކަށް އަންނަ އަހަރު ދަރިވަރުން ވައްދަން އެދޭ ފޯމު އެ މިނިސްޓްރީގެ ކައުންޓަރުންނާއި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނޭ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ފައިބެއަހަރުވެސް މާލޭ އޭރިޔާގެ ސްކޫލްތަކަށް ވެއްދުމަށް ގިނަ ޢަދަދެއްގެ ފޯމު ހުށަހަޅާފައިވާ ކަމަށާއި މާލޭގެ ސްކޫލްތަކުގެ ގްރޭޑް އެކަކަށް ވަނުމަށް 3000 އަށްވުރެ ގިނަ ކުދިން އެދިފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

އަދި އެ ހުރިހާ ކުދިންނަށް ސްކޫލްތަކުން ޖާގަދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވީ ނަމަވެސް މާލޭގެ ސްކޫލްތަކުން ޖާގަ ހޯދުމުގެ މައްސަލައިގައި މިދިޔަ އަހަރުވެސް ގިނަ ބައެއްގެ ޝަކުވާތައް ވަނީ މިނިސްޓްރީއަށް ހުށަހަޅާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެފަދަ މައްސަލަތައް ދިމާވަނީ އަހަރުން އަހަރަށް މާލެއަށް ބަދަލުވާ ކުދިންގެ ނިސްބަތް އިތުރުވަމުން އަންނާތީ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.