2018 ގައި ރަޝިއާގައި ބޭއްވޭ ވޯލްޑް ކަޕް ކޮލިފައިން ޔޫރަޕް ސަރަހައްދުގެ ގްރޫޕް ސީ ގައި ރޭ ދުނިޔޭގެ ޗެމްޕިއަން ޖާމަނީ އާއި ނޮދާން އަޔަލޭންޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޖާމަނީ އިން ގްރޫޕްގެ އެއްވަނަ މަގާމުގައި ހަމަޖެހިލައި އެވެ.
ރޭ ކުޅުނު ކޮލިފައިން މެޗު ނޮދަންއަޔަލެންޑްގެ މައްޗަށް ޖާމަނީން ކުރިހޯދާފައިވަނީ 0-2 ގެ ނަތީޖާއިންނެވެ.
ޖާމަނީގައި ރޭ ކުޅުނު މި މެޗުގައި ޖާމަނީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު މެޗުގައި އެޓީމުން ޖެހި ދެ ލަނޑު ވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ވަރަށް ކުރީކޮޅު އެވެ. އެގޮތުން މެޗުގެ ލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ތޯމަސް މުލާ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ޒުވާން ކުޅުންތެރިއާ ޖޫލިއަން ޑްރެޒްލާ އެވެ. އޭގެ އިރުކޮޅެެއް ފަހުން މެޓްސް ހުމެލްސް ދިން ބޯޅަ އަކުން ޖާމަނީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޔުވެންޓަސްގެ މިޑްފީލްޑަރު ސާމީ ކެދީރާ އެވެެ.
ފުރަތަމަ ހާފު ނިންމާލީ ޖާމަން 0-2 ގެ ލީޑެއްގައި އޮވެއެވެ.
ފަހުހާފަށް ކުޅެން ނިކުމެވެެސް ޖަރުމަނުން ދިޔައީ ރަނގަޅުކުޅުމެއް ދައްކަމުން ނެއެވެ. އެގޮތުން ގިނަވަތު ބޯޅަ ހިފަހައްޓައިގެން ގިނަ ފުިރުސަތުތަކެއް ވަނީ ތަނަވަސްކޮށްފައެވެ. އެހެން ނަމަވެސް މެޗު ނިންމާލަމް ޖެހުނީ އިތުރު ލަނޑެއް ނުޖެހިއެވެ.
ރޭ ކުޅުނު ގްރޫޕް ސީގެ އެހެން މެޗުތަކަށް ބަލާއިރު އަޒަރްބައިޖާން އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗު ނިމިގެންދިޔައީ އެއްވެސް ޓީކަމަށް ލަނޑެއްނުޖެހި ދެޓީމު އެއްވަރުވެގެންނެވެ. ނޯވޭ އާއި ސޭން މެރިނޯ ބައްދަލުކުރި މެޗު ނިމުނީ 4-1ގެ ނަތީޖާއަކުން ނޯވޭ މޮޅުވެގެންނެވެ.
ރޭގެ މި ނަޖީޖާއާ އެކު ގުރޫފު ސީ ގެއެއްވަނަ އަށް ޖާމަން ވަނީ ޖެހިލާފައެވެ. ޖާމަން ގުރޫޕް ސީ ގެ އެއްވަނާގައި އޮތީ 9 ޕޮއިންޓާއެކުގައެވެ. މި ގުރޫޕުގެ ދެވަނާގައި އޮތީ 7 ޕޮއިންޓާއެކު އަޒަރަބައިޖާންއެވެ. ޖާމަން އަތުން ބަލިވި ނޮދަން އަޔަލެންޑް އޮތީ 4 ޕޮއިންޓާއެކު ގުރޫޕުގެ ތިންވަނާގައެވެ.