
ފުލުހުންގެ ބެލުމުގެދަށުގައިހުރި ބަނގުރާ ނައްތާލައިފި
ފުލުހުންގެ ބެލުމުގެދަށުގައިހުރި ބަނގުރާ ނައްތާލައިފިއެވެ. މި ތަކެއްޗަކި މި ޚިދުމަތަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެދަށަށް ގެނެވިފައިވާ ތިން އިންސިޑެންޓެއްގައި ހިމެނޭ ބަނގުރަލެވެ.
މި މަހު 5ވަނަ ދުވަހު ދޫނިދޫގައި ނައްތާލައިފައިވަނީ 500 އެމްއެލްގެ 2547 ފުޅި ބަނގުރަލާއި، 5ލީޓަރުގެ 23 ފުޅި ބަނގުރަލާއި، އެހެނިހެން ތަކެތީގެ ގޮތުގައި ނުވަ އައިޓަމެކެވެ. ނައްތާލި އެހެނިހެން ތަކެތީގެ ތެރޭގައި ޕްލާސްޓިކް ޓައްޕު ހިމެނެއެެވެ.
ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.



