ކަށު ނަމާދު ކުރާނޭ ގޮތް

ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ (رحمه الله)
  1. އިމާމު މީހާ ތަކްބީރު ކިޔައި ޙަރާމް ބަނުމުން މައުމޫމާވެސް الله أكبر ކިޔައި ދެއަތް ދެކޮޑާ ހަމައަށް އުފުލައި ޙަރަމް ބަންނާނީއެވެ.
  2. އެއަށް ފަހު سورة الفاتحة ނުވަތަ الحمد ކިޔަވާނީއެވެ.
  3. އިމާމާ ދެވަނަ ފަހަރަށް ތަކްބީރު ކިޔައި ޙަރަމް ބަނުމުން މައުމޫމާވެސް ތަކްބީރު ކިޔައި ޙަރަމް ބަންނާނީއެވެ. އެއަށްފަހު ރަސޫލު ﷲ ގެފާނުމަށްޗަށް  صلواة  ކިޔަވާނީއެވެ. މި صلواة އަށްإبرهيمي صلواة އޭވެސް ކިޔައެވެ.{ اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيْمَ إِنَّكَ حَمِيْدٌ مَجِيْدٌ . اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيْمَ إِنَّكَ حَمِيْدٌ مَجِيْدٌ } .
  4. ތިންވަނަ ތަކްބީރަށްފަހު މައްޔިތާއަށް ރަޙްމަތް ލެއްވުން އެދި ހެޔޮ ދުޢާ ކުރާނީއެވެ. ދުޢާ ކުރުމުގައި އިޚްލާޞްތެރިކަމާއެކު މައްޔިތާގެ ފާފަ ފުއްސެވުމަށާއި ކަށްވަޅުގެ ޢަޒާބާއި ފިތުނައިން ސަލާމަތް ކުރެއްވުމަށާއި ސުވަރުގޭގެ މަތިވެރި ނިޢްމަތް އޭނާއަށް ދެއްވުން އެދި ދުޢާ ކުރަން ވާނެއެވެ. މި މަޤާމުގައި ކުރުމަށް ޙަދީޘުގައި ވާރިދުވެފައިވާ ދުޢާތަކުގެ ތެރެއިން ބައެއް ދުޢާ :

– اللهمَّ اغْـفِـرْ لِحَيِّـنَـا وَمَيِّـتِـنَـا وَصَغِـيْـرِنَا وَكَبِـيْـرِنَا وَذَكَرِنَا وِأُنْثَـانَا وَشَاهِدِنَا وَغَائِبِنَا ، اللّهُمَّ مَنْ أَحْيَيْتَهُ مِنَّا فَأَحْيِهِ علَى الإِيْمَانِ وَمَنْ تَوَفَّيْتَهُ مِنَّا فَتَوَّفَهُ علَى الإِسْلامِ ، اللّهم لا تُحْرِمْنَا أَجْرَهُ ولا تُضِلَّنَا بَعْدَهُ” .

– اللهمَ اغْفِرْ لَهُ وَارْحَمْهُ وَأُعْفُ عَنْهُ وَعَاِفهِ وَأَكْرِمْ نُزُلَهُ وَوَسِّعْ مُدْخَلَهُ وَأَغْسِلْهُ بِمَاءٍ وَثَلْجٍ وَبَرَدٍ وَنَقِّهِ مِنَ الْخَطَايَا كَمَا يْنَقَّى الثَّوْبُ الأّبْيَضُ مِنَ الدَّنَسِ وَأَبْدِلْهُ دَارًا خَيْرًا مِنْ دَاِرهِ وَأَهْلاً خَيْرًا مِنْ أَهْلِهِ وَزَوْجًا خَيْرًا مِنْ زَوْجِهِ وَقِهِ فِتْنَةَ الْقَبْرِ وَعَذَابَ النَّارِ ” .

އިޝްތިހާރު Below Header ad

– މައްޔިތާއަކީ ކުޑަ ކުއްޖެއްނަމަ ކިޔާނީ :

اللّهمَ اجْعَلْـهُ لَنَا فَـرَطًا وَسَلَفًا وَأَجْرًا” މިފަދައިންނެވެ.

  1. އިމާމާ ހަތަރުވަނަ ތަކްބީރު ކިޔައި ސަލާމް ދިނުމުން މައުމޫމާވެސް ތަކްބީރު ކިޔައި السلام عليكمورحمة الله ކިޔައި ސަލާމް ދޭނީއެވެ.

މި ލިޔުމަކީ 9 ޖޫން 2010 ގައި ނޫރުލް އިސްލާމް ވެބްސައިޓް ގައި ޑރ. ޢަބްދުލް މަޖީދު ޢަބްދުލްބާރީ (رحمه الله )ލިޔުއްވާފަައިވާ ލިޔުމެއްގެ ނަކަލެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.