ޖާނަލް ޤުރްއާނިކް ސްޓަޑީޒް 04

ޖާނަލް ކުރުމުގެ އަމަލީ މިސާލެއް

ސޫރަތުލް ޢަޞްރަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ކުރު ނޯޓެއް:

  • އާޔަތް: ސޫރަތުލް ޢަޞްރު.
  • ދޭހަވި މާނަ: ވަގުތަކީ އަގުބޮޑު އެއްޗެކެވެ. އީމާންވެ، ހެޔޮ އަމަލުކޮށް، އެކަކު އަނެކަކަށް ޙާއްޤަށާއި ކެތްތެރިކަމަށް ވަސިއްޔަތްކުރާ މީހުން މެނުވީ ތިބީ ގެއްލުމެއްގައެވެ.
  • ފާހަގަވި ކަންތައް: އެކަކު އަނެކަކަށް އެހީތެރިވުމަށް ދީފައިވާ ހަނދާންކޮށްދިނުން. ކާމިޔާބީއަކީ ހަމައެކަނި އަމިއްލަ ކަމެއް ނޫންކަން.
  • ވިސްނުމަށް އައި ކަމެއް: މަސައްކަތް ނިންމާފައި ފޯނާ ކުޅެން ކިހާ ވަގުތެއް ބޭކާރުކުރެވޭތޯ.
  • ކުރާނެ އަމަލު: މިރޭ 10 މިނެޓަށް ފޯނު ދުރަށްލުމަށްފަހު އެއް އާޔަތް މުރާޖަޢާކުރާނަން.
  • އުފެދުނު ސުވާލު: ވަގުތު ގަންދީ ހުވާކުރެއްވުމުގެ މާނައަކީ ކޮބައިބާ؟ އިތުބާރު ހުރި ތަފްސީރަކުން ބަލާނަން.

ޤުރްއާން ޖާނަލް ކުރުމުގައި އާންމުކޮށް ހެދޭ ގޯސްތައް
އެންމެ ބޮޑު ގޯހަކީ މާ ގިނައިން ލިޔަން އުޅުމާއި، އާޔަތުގެ މަޤްޞަދަށް ފަރުވާކުޑަކުރުމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ތިރީގައިވާ ކަންކަމުން ދުރުހެލިވާށެވެ:

  • މާ ގިނައިން ލިޔަން އުޅުން.
  • އަމިއްލަ އިހުސާސްތަކަކީ އެއީ އާޔަތުގެ މާނަ ކަމުގައި ބަލައިގަތުން.
  • އާޔަތް ބާވައިލެއްވުނު ސަބަބާއި މަޤްޞަދު ފަދަ ކަންކަމަށް ނުބެލުން.
  • އިންޓަނެޓުން ފެންނަ ކޮންމެ ކޮންމެ މާނައަކަށް ބަރޯސާވުން.
  • ކޮންމެ ނޯޓަކީ ވަރަށް ދިގު ދިރާސާއަކަށް ހަދަން އުޅުން.
  • މާނަ ދެނެގަތުމަށްވުރެ ބޮޑަށް އަތުލިޔުން ރީތިކުރުމަށް އިސްކަންދިނުން.
  • އުނގެނޭ ކަންތައްތައް އަމަލީ ގޮތުން ބޭނުން ނުކުރުން.

ލަފާ: އާޔަތުގެ އަސްލު ތަފްސީރާއި ތިމާގެ އަމަލީ ފިކުރުތައް ވަކިން ލިޔާށެވެ. އޭރުން ޤުރްއާނުގައި އޮތް އެއްޗަކާއި ތިމާއަށް އެއިން ވިސްނުނު އެއްޗެއް ސާފުވާނެއެވެ.

ޤުރްއާން ޖާނަލް ކުރުން ދާއިމީ އާދައަކަށް ހަދާނެ ގޮތް
ނުނިމޭ…

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.