އިރާނުގެ ސަރުކާރާއި އެޤައުމުގެ އިދިކޮޅު ކުރުދީންނައި ދެމެދު ސުލްޙަޤާއިމުކުރުމަށް އިރާޤުގެ ކުރުދީން ހުށަހަޅައިފި

އިރާނުގެ ސަރުކާރާއި އެޤައުމުގެ އިދިކޮޅު ކުރުދީ ޖަމާޢަތްތަކާ ދެމެދު ސުލްޙަޤާއިމުކުރުމަށް އިރާޤުގެ ކުރުދީން ހުށަހަޅައިފި އެވެ.

އިރާޤުގެ ކުރުދިސްތާން ސަރަޙައްދަށް ދެމުންދާ ޙަމަލާތައް ހުއްޓުވުމަށްޓަކައި، އިރާނުގެ އިދިކޮޅު ކުރުދީ ޕާޓީތަކާއެކު އޮތް ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމާ ގުޅޭގޮތުން އިރާޤުގެ ކުރުދީ ސިޔާސީ ބޭފުޅުން ދަނީ އިރާނާއެކު މަޝްވަރާ ކުރައްވަމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޕޭޓްރިއޮޓިކް ޔޫނިއަން އޮފް ކުރުދިސްތާން ގެ ލީޑަރު މިކަން ހާމަކުރެއްވުމާ ގުޅިގެން އިރާނުގެ އިސްލާމީ ޖުމްހޫރިއްޔާއާ ދެކޮޅަށް އިރާޤުގެ އުތުރުގައި މަރުކަޒުވެގެން އުޅޭ އިދިކޮޅު ޖަމާޢަތްތަކަށް ވަނީ ކުއްލި ސިއްސުމެއްލިބިފަ އެވެ.

ބާފެލް ތަލަބާނީ މިކަން ހާމަކުރެއްވީ ހޯމަ ދުވަހު ބޭއްވި އަހަރީ މިޑްލް އީސްޓް ރިސާޗް އިންސްޓިޓިއުޓް ފޯރަމްގައެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މަރުޙަލާ ކުރިއަށްދާނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ތުރުކީ ސަރުކާރުން ކުރުދިސްތާން ވޯކާސް ޕާޓީ އާއެކު ފެށި ސުލްޙައިގެ މަޝްވަރާތަކާ އެއްގޮތް ބައްޓަމަކަށެވެ.

އެއީ ޖަލުގައި ހުންނެވި އެ ޕާޓީގެ ލީޑަރު ޢަބްދުﷲ އޮޖަލާންއަށް ޤާނޫނީ އިތުރު ޙައްޤުތަކާއި މިނިވަންކަން ދިނުމުގެ ބަދަލުގައި އެ ޕާޓީ އުވާލުމަށް ކުރެވުނު މަޝްވަރާތަކެކެވެ.

ތަލަބާނީ ވިދާޅުވި ގޮތުގައި މި ހުށަހެޅުމާ ގުޅޭގޮތުން ތެހެރާނުގައި އިރާނުގެ އިސް އޮފިޝަލުންނާއެކު ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވާ ކަމަށާއި، މިއީ ދިގު މަރުޙަލާއަކަށްވާނެ ކަމަށެވެ.

އޭނާ މިދިޔަ މަހު އިރާނަށް ކުރި ދަތުރުގައި އެޤައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗީއާ ވެސް ބައްދަލުކޮށްފައިވެ އެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން އިރާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ސުލްޙައިގެ މަޝްވަރާއެއްގެ ވާހަކަ ހިމަނާފައެއް ނުވެ އެވެ.

ނަމަވެސް، ދެ ޤައުމުގެ ދެމެދުގައި އޮތް ސަލާމަތީ އެއްބަސްވުމާ އެއްގޮތަށް ބޯޑަރުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަރާޤްޗީ ބާރުއަޅާފައިވެ އެވެ.

އިރާނުގެ އިދިކޮޅު ކުރުދީ ޕާޓީތަކާ ގުޅުމުން، އެފަދަ މަޝްވަރާއެއްގެ މަޢުލޫމާތު ލިބިފައިނުވާ ކަމަށް ނުވަތަ އެކަމާ ގުޅޭގޮތުން އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ކުރުދިސްތާން ފްރީޑަމް ޕާޓީގެ މެންބަރަކު ބުނި ގޮތުގައި، މިވަގުތު ކުރުދީންނާއި އިރާނާ ދެމެދު ވާހަކަދެއްކުމުގެ އެއްވެސް ބިންގަލެއް ނެތް ކަމަށާއި، އަދި އެފަދަ ކަމެއްގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އަދި މާޒީގެ ތަޖުރިބާތަކަށް ބަލައި، އިރާނުގެ އޮޅުވާލުންތަކާއި ދޮގު ވަޢުދުތަކަށް ފުރުޞަތު ނުދިނުމަށް އެ ޖަމާޢަތުން މިކަމުގައި ސަމާލުވާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ވާތުފިޔަހުގެ ޖަމާޢަތެއް ކަމަށްވާ ކޯމާލާގެ ޑެޕިއުޓީ ސެކްރެޓަރީ ފަރީބާ މުޙައްމަދީ ބުނީ އެ ޕާޓީއަށް ސުލްޙައިގެ އެއްވެސް ހުށަހެޅުމެއް ލިބިފައިނުވާ ކަމަށާއި، އިރާނުން ނުވަތަ ތިންވަނަ ފަރާތަކުން ވެސް މިފަދަ މުޢާމަލާތެއް ކޮށްފައިނުވާ ކަމަށެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި، ދިގު މުއްދަތެއްވަންދެން ކުރުދީންގެ ޙައްޤުތަކަށް އަރައިގަނެ އެތައް ހާސް ކުރުދީ ޒުވާނުންނެއް މަރާފައިވާ ސަރުކާރަކާއެކު މަޝްވަރާގެ މާޙައުލެއް ޤާއިމުކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ.

ނަމަވެސް، ކުރުދީ އެއްވެސް ޕާޓީއަކުން ދުވަހަކުވެސް މަޝްވަރާއަށް އިންކާރުކޮށްފައި ނުވާނެ ކަމަށާއި އެއީ ސިޔާސީ އިޙްތިޖާޖުގެ އެއް ވަސީލަތް ކަމުގައި ދެކޭ ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.