ވިޔަފާރި ކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި އަގު އެނގޭހެން ހުންނަންޖެހޭ

ވިޔަފާރިކުރާ ތަންތަނުން ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގެ އަގު، ގަންނަ ފަރާތްތަކަށް ސާފުކޮށް އެނގޭނެހެން ހުންނަންޖެހޭނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން އިޢުލާނުކުރައްވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިގޮތަށް އިޢުލާނުކުރެއްވީ، ވިޔަފާރިތަކުގައި ވިއްކަން ބަހައްޓާފައި ހުންނަ ގިނަ އަދަދެއްގެ މުދަލުގައި އަގު ސާފުކޮށް ނުހުންނަކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުންދާތީއެވެ. މިކަމުގެ ސަބަބުން މުދާ ގަންނަ ފަރާތްތަކަށް އަގުތައް އެނގުމުގައި ދަތިތަކެއް ހުރުމަކީ، ކޮންސިއުމަރުންގެ ހައްގުތަކަށް އަސަރުކުރާ ކަމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެހެންކަމުން، މިމައްސަލަ ހައްލުކޮށް، ރައްޔިތުންނަށް ފަސޭހަ ގޮތެއްގައި ވިޔަފާރިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ޤާނޫނު ނަންބަރު: 2020/12 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭ ގޮތަށް މެނުވީ އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާ ކަމެއްކަން މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.

މި ޤާނޫނުގައި ބަޔާންކުރާ ގޮތުގައި، މުދަލުގެ އަގު ސާފުކޮށް ފެންނަން ހުންނާނެ ދެ ގޮތެއްވެއެވެ. އެއީ:

·      މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުރުން.

·      އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި މުދަލުގެ އަގު ލިޔެފައި ނުވަތަ ހަރުކޮށްފައި ހުރުމާއެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން އެނގޭގޮތަށް ހުރުން.

މި އިޢުލާނާއެކު މިނިސްޓްރީން ވަނީ މުދާ ވިއްކާ އެންމެހައި ފަރާތްތަކުން ވިއްކަން ބަހައްޓާފައިވާ މުދަލުގައި، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަގު ސާފުކޮށް ފެންނަން ހުންނާނޭހެން ބެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން، މިނިސްޓްރީން ވަނީ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް މުދާ ވިއްކާ ފަރާތްތަކުން ޢަމަލުކުރޭތޯ ބެލުމަށްޓަކައި، އެ ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން އިންސްޕެކްޓްކޮށް މޮނިޓަރކޮށް، ޤާނޫނާއި ޚިލާފަށް އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާމެދު، އެ ޤާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް ހާމަކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.