ރާއްޖޭގެ ދެ ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި

 

މޫސުމާއި ބެހޭ މައި އިދާރާ މެޓް އޮފީހުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެ އިދާރާއިން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައިމިވަނީ މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައެވެ.

މޫސުމާއި ބެހޭ އިދާރާއިން ލަފާ ކުރާ ގޮތުގައި އެ ސަރަހައްދު ތަކަށް ގަދައަށް ގުގުރުމާއި އެކު ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ.

އެހެން ނަމަވެސް އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރުނީ ވިއްސާރައަށް އެކަނި ބަލާފައި ކަމަށާއި ކަނޑު ގަދަ ނުވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނީ ޔެލޯ އެލާޓް ނެރެފައި ވަނީ ހުވަދު އަތޮޅާއި އައްޑު އަތޮޅާ ދެމެދަށް ކަމަށެވެ. ޔެލޯ އެލާޓްގެ މުއްދަތަކީ މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރު ފަހު 13:00 އެވެ.

ޔެލޯ އެލާޓް އަކީ ދިމާވެދާނެ ކަމަކަށް ތައްޔާރީ ހާލަތުގައި ތިބުމަށް އެންގުމާއި ކަމާ ބެހޭ އިދާރާތައް ރައްޔިތުންނަށް ދިމާވެދާނެ ކަމަކުން ސަލާމަތްވުމަށް ތައްޔާރުވުމަށް ނެރެވޭ އެއްޗެކެވެ.

އެގޮތުން މޫސުމާއި ބެހޭ ގައުމީ އިދާރާއިންނާއި ގައުމީ ސަލާމަތީ ބާރުތަކުން ވަނީ މީގެ ކުރިންވެސް ވަނީ މޫސުމަށް ސަމާލުވުމަށް އެތަކެއް ފަހަރު އިލްތިމާސް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.