
އިންތިޚާބީ ބައެއް މަޤާމުތަކުގެ އުޖޫރަ ބޮޑުކޮށްފި
އިންތިޚާބީ ބައެއް މަޤާމުތަކުގެ އެލަވަންސްތައް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
މިގޮތުން މަޖިލީހުގެ ރައީސާއި އެހެން މަޤާމުތަކުގެ މުސާރައިގެ ފަރަގު ކުޑަކުރުމުގެ ގޮތުން، މަޖިލިސް ރައީސްގެ އެލަވަންސަށް 22،000 ރުފިޔާ އިތުރުކޮށް ޖުމްލަ މުސާރަ 95،125 ރުފިޔާއަށް ބޮޑުކުރަން ވަނީ ނިންމާފައެވެ. މިހާރު މަޖިލީހުގެ ރައީސަށް 73,125 ރުފިޔާ އެވެ. ރަ
ށު ކައުންސިލްތަކުގެ ރައީސުންނާއި، ނައިބު ރައީސުން އަދި މެންބަރުންގެ އެލަވަންސަށް 5،000 ރުފިޔާ އިތުރުކުރުމަށް ވެސް ފާސްކުރި އެވެ.
މިހާރު ކައުންސިލް ރައީސަކަށް 25,000 ރުފިޔާ، ނައިބު ރައީސުންނަށް 20,000 ރުފިޔާ އަދި މެންބަރުންނަށް 18,000 ރުފިޔާ ލިބެ އެވެ.
މީގެއިތުރުން ވަޒީރުންގެ އަސާސީ މުސާރައަށް ބަދަލު ނުގެނެސް، ކާރު އެލަވަންސާއި ޑްރައިވަރުންގެ ޚަރަދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.
އެގޮތުން ޕެޓްރޯލް އެލަވަންސަށް 2,000 ރުފިޔާ، ޑްރައިވަރުންގެ މުސާރައަށް 12,000 ރުފިޔާ އަދި ޑްރައިވަރުންގެ ލިވިންގ އެލަވަންސަށް 3,000 ރުފިޔާ ކަނޑައެޅުމަށްވެސް ވަނީ ފާސްކޮށްފަ އެވެ.



