ކުޅި ހިމާޔަތްކުރުމާއި ބެހޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

މޫސުމީ ބަދަލުތަކުން ކުރާ އަސަރުތަކަށް ކެތްތެރިކަން އިތުރުކުރުމާއި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޝްރޫޢު (އީ.ސީ.އާރް.އެފް.އެސް) ގެ ދަށުން، ހދ. ކުޅުދުއްފުށީގެ ކުޅި ފާ ނިޒާމު ހިމާޔަތްކުރުމަށާއި ފެން ހިންދާ ނިޒާމު ބެލެހެއްޓުމާ ގުޅޭގޮތުން އެ ރަށުގެ ކަނބަލުންނަށް ޚާއްޞަކޮށްގެން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

މި ބައްދަލުވުމަކީ ޖީ.ޑަބްލިއު.ޕީ ކޮންސަލްޓަންޓްސް އަދި ވޯޓާ ސޮލިއުޝަންސް މޯލްޑިވްސްއިން އިސްނަގައިގެން، ކުޅުދުއްފުށީ ސިޓީގައި ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކުޅުދުއްފުށީގެ ކުޅިއާއި، އެ ސަރަހައްދުގައި އާންމުކޮށް ހިނގާ އެކި ހަރަކާތްތަކާ ގުޅޭގޮތުންނާއި، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ގޮތެއްގައި ކުޅި ހިމާޔަތްކުރުމަށް އަމަލީ ގޮތުން ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ.

މީގެ އިތުރުން، މިފަދަ ހިމާޔަތުގެ މަސައްކަތްތައް އަމަލީ މައިދާނުގައި ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަމާ ބެހޭގޮތުންނާއި، ރަށުގެ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ފެން ހިންދާ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމަށް ހުށަހެޅިފައިވާ ކަންކަމާ މެދު ބައިވެރިންގެ މުހިންމު ޚިޔާލުތައް ވަނީ ހޯދާފަ އެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވި ކަނބަލުން ވަނީ އެކަނބަލުންގެ ދުވަހީ ތަޖުރިބާތަކުގެ އަލީގައި އަގުހުރި މަޢުލޫމާތުތަކާއި ޚިޔާލުތައް ހިއްސާކޮށްފަ އެވެ.

މިގޮތުން ލިބުނު މަޢުލޫމާތުތަކުގެ އެހީގައި، ކުޅުދުއްފުށި ސިޓީގެ ކުޅި ހިމާޔަތްކުރުމަށާއި، ފެން ހިންދާ ނިޒާމު އިތުރަށް ހަރުދަނާކުރުމަށާއި، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށްޓަކައި އެކުލަވާލެވޭ މަޝްރޫޢުގެ ފަރުމާތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް އިންތިޒާމުކުރި ފަރާތްތަކުން މަޢުލޫމާތުދެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.