ހދ. ކުމުންދޫގައި ޤާއިމުކުރި ފުލުހުންގެ މަރުކަޒު ހުޅުވައިފި

ހދ. ކުމުންދޫގައި ގާއިމުކުރި ފުލުހުންގެ މަރުކަޒު ހުޅުވައި ހިދުމަތްދޭން ފަށައިފި އެވެ.

މިއަދު ކުމުންދޫގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއާއި، ކުމުންދޫ ކައުންސިލު ރައީސް ޢަލީ ޤާސިމް އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ކައުންސިލް މެމްބަރުންނާއި ރަށުގައި ހުރި އިދާރާތަކުގެ ވެރިން ބައިވެރިވެލެއްވި އެވެ.

ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވައި، ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސްއެވެ. ގައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލު ރައީސް އެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، ޕޮލިސް ސްޓޭޝަން ގޯތިތެރޭގައި ގަސްއިންދުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ކުމުންދޫގައި މި ހުޅުވި ފުލުހުންގެ މަރުކަޒަކީ އެމްޓީސީސީއާ ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ މަރުކަޒެކެވެ. މި މަރުކަޒުގެ ބިންގާ އަޅާފައިވަނީ 2025 އޮގަސްޓް 27 ވަނަ ދުވަހު އެވެ.

މީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ފުލުހުންގެ އަމިއްލަ މަރުކަޒު ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވިގެންދިޔަ މުހިންމު މަސައްކަތެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.