ރެއާލް މެޑްރިޑް އެއިބާއަތުން އެއްވަރުވެ ލީގުގެ އެއްވަނަ މަގާމު ގެއްލިއްޖެ.

ސްޕެނިޝް ލީގުގައި ރޭ އައިބާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ރެއާލް އާއި އައިބާ ބައްދަލުކުރި މެޗު އެއްވަރުވެފައިވަނީ 1-1 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު Below Header ad

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދާފައިވަނީ އައިބާ އިންނެވެ. މެޗުގެ 6 ވަނަ އައިބާ އަށް ލީޑުނަގައިދިން މި ލަނޑު އެންޑާ ކަޕާ ތަނަވަސް ކޮށްދިން ފުރުސަތަކުން މިޑްފީލްޑަރު ފްރޭން ރިކޯއެވެ.

އެހެން ނަމަވެސް އައިބާ އިން މެޗުގެ ލީޑު ހޯދާފައި ވަނިކޮށް މެޗުގެ 17 ވަނަ މިނެޓުގައި ރެއާލް މެޑްރިޑުން ވަނީ ލަނޑެއްޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ނަގައިދިން ހުރަހަކުން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ގެރެތު ބޭލްއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ރެއާލް އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް  ލިބިގެންގޮސްފައެވެ. އެހެން ނަމަވެސް ރޮނާލްޑޯ އާއި ބޭލް ފޮނުވާލި ހަމަލާތައް ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މި ނަތީޖާއާ އެކު ރެއާލަށް ވަނީ އަލުން ތާވަލުގެ އެއް ވަނަ މަގާމު ގެއްލިފައެވެ.  ތާވަލުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް ހަތް މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.

ލަލީގާގައި ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، އެސްޕާނިޔޯލް އާއި ވިޔަރެއާލް ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ވެލެންސިއާއާ އާއި އެތްލެޓިކޯ ބައްދަލުކުރި މެޗު 0-2 ގެ ނަތީޖާއިން ކާމިޔާބުކުރީ އެތްލެޓިކޯ މެޑްރިޑެވެ.

އެތުލެޓިކް ކްލަބު އަދި މަލާގާ ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއިން މޮޅުވެފައިވަނީ މަލާގާއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.