ހިގުއެއިންގެ ލަނޑުތަކުން އެމްޕޮލީގެ މައްޗަށް ޔުވެންޓަސް ކުރި ހޯދައިފި

އިޓަލީ ލީގުހައި އެންމެ ފަޖުހެ ޗެމްޕިއަން ޔުވެންޓަސް އާއި އެމްޕޮލީ ބައްދަލުކުރި މެޗުން ޔުވެންޓަސް މޮޅުވެއްޖެ އެވެ.

އާދީއްތަ ދުވަހު ހަވީރު ކުޅުނު މި މެޗު އެމްޕޮލީއާ ވާދަކޮށް ޔުވަންޓަސް މޮޅުވީ 0-3 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު Below Header ad

އެމްޕޮލީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު ޔުވެންޓަސް އަށް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. އެގޮތުން ހުއާން ކުއާޑްރާާޑޯ އަދި ޑިބަލާ އަަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާ އިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޔުވެންޓަސް އިން އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށް މިލަށް ކުޅެފައިވެއެވެ. އެގޮތުން ލަނޑު ޖެހުމަށް އެޓީމުން ދިޔައީ ފުލުފުލުގައި ފުރުސަތު ތަނަވަސްކުރަމުންނެވެ. އެގޮތުން 65 ވަނަ މިނެޓުގައި ލަނޑުޖަހާ ޔުވެންޓަސްއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ.

މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅުކުޅުމެއް ދެއްކި ޑިބާލާ އެވެ.

އޭގެ ދެ މިނެޓު ފަހުން މެޗުގެ 68 ވަނަ މިނެޓުގައި ހިގުއެން ވަނީ ޔުވަންޓަސްގެ ދެވަނަ ލަނޑުޖަހާ ލީޑު ފުޅާކޮށްދީފަ އެވެ.

މި ލަނޑަށްފަހުވެސް ޔުވަންޓަސް އިން ދިޔައީ ލަނޑު ޖެހުމަށް ފުރުސަތު ތަނަަވަސްކުރަމުންނެވެ. އެގޮތުން 70 ވަނަ މިނެޓުގައި ހިގުއެން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު އިތުރަށް ފުޅާކޮށްދީފަ އެވެ.

މި ނަތީޖާއާއެކު ޔުވަންޓަސް އޮތީ ކުޅުނު ހަތް މެޗުން ލިބުނު 18 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ މަގާމުގަ އެވެ. މެޗުން ބަލިވި އެމްޕޮލީ އޮތީ ކުޅުނު ހަތް މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 19 ވަނައިގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.