އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީ އާއި ސައުޔެމްޕްޓަން ބައްދަލުކުރި މެޗު 0-0 ގެ ނަތީޖާއިން އެއްވަރުވެއްޖެއެވެ.
ލެސްޓާ ގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން މާ ރަނގަޅު ކުޅުމެއް ފެނިގެން ނުދިޔައިރު ސައުތެމްޕްޓަންގެ ގޯލަށް މާނުރަށްކާތެރި ހަމަލާއެއްވެސް ފޮނުވާލެވިފަ ނުވާކަން ފާހަގަކޮށްލެވެއެވެ.
ލެސްޓާ އަދި ސައުތެމްޕްޓަން ބައްދަލު ކުރި މެޗުގެ ފުރަތަމަ ހާފުގައި މާގިނަ ހަމަލާތަކެއް ދެޓީމުން ކުރެ ޓީމަކަށް ފޮނުވާލެވިގައެއް ނުވެއެވެ.
އެހެން ނަމަވެސް ފަހުހާފަށް ނިކުމެ ދެޓީމުންވެސް މަތީޖާ ނެރެވޭތޯ މަސައްކަތް ކުރިއެވެ. އެގޮތުން ސައުތެމްޕްޓަން ވަނީ 11 ހަމަލާއެއް ލެސްޓާގެ ގޯލަށް ފޮނުވާލާފައެވެ. އެހެން ނަމަވެސް ގޯލާ އަމާޒުވީ 5 ހަމަލާއެވެ.
ލެސްޓާ އަށް ސައުތެމްޕްޓަންގެ ގޯލަށް 9 ހަމަލާއެއް އަމާޒުކޮށް ފޮނުވާލިއިރު ގޯލާ އަމާޒުވީ އެންމެ 2 ހަމަލާއެވެ.
އެހެން ނަމަވެސް އެއްވެސް ޓީމަކަށް ގޯލްޖަހަން މާ ހުސް ފުރުސަތުތަކެއް މި މެޗުގައި ލިބިގެން ގޮސްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
މި މެޗުގައި މޮޅަށް ކުޅެ ގިނަހަމަލާތަށް އުފައްފާއިވަނީ ސައުތެމްޕްޓަނުން ކަން ފާހަގަކޮށްލެވެއެވެ.
މީ ލެސްޓާ މިފަހަރުގެ ސީޒަނުގައި އެއްވަރުވި 3 ވަނަ މެޗުކަންވެސް ފާހަގަކޮށްލެވެއެވެ. އެޓީމު އަދި މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ. 3 މެޗުން ވަނީ ބަލިވެފައެވެ.
މިރޭގެ މެޗަކީ ސައުތެމްޕްޓަން ވެސް އެއްވަރުވި 3 ވަނަ މެޗެވެ. އެޓީމުވެސް ވަނީ 2 މެޗުން ބަލިވެ 2 މެޗުން މޮޅުވެފައެވެ.
މި ނަތީޖާއާ އެކު މިވަގުތު ލީގުގެ 12 ވަނާގައި ލެސްޓާ އޮތްއިރު ސައުތެމްޕްޓަން އޮތީ ލީގުގެ 10 ވަނާގައެވެ.