ޓޮޓެންހަމް އަތުން ބަލިވެ ސިޓީން ދަމަހައްޓަމުން އައި ސިލްސިލާ ނިމުމަކަށް.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީ އަދި ޓޮޓެންހަމް ބައްދަލުުކުރި މެޗުން މެމްޗެސްޓާ ސިޓީ ބަލިވެއްޖެއެވެ.

މެންޗެސްޓާ ސިޓީ ބަލިވީ ޓޮޓެންހަމް އާއި ވާދަކޮށް 0-2 ގެ ނަތީޖާއިންނެވެ.
މި ނަތީޖާއިން ސިޓީ ބަލިވިއިރު މީ އެޓީމު މި ފަހަރުގެ ސީޒަނުގައި މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި ސިޓީއަށް ޖެހިޖެހިގެން މި ސީޒަނުގައި މޮޅުނުވެވުނު ދެވަނަ މެޗުވެސް މެއެވެ. އެގޮތުން އެންމެފަހުން، ޗެމްޕިއަންސް ލީގުގައި ސެލްޓިކް އާއި ބައްދަލުކުރި މެޗުންވެސް އެޓީމުވަނީ އެއްވަރެވެ.

އިޝްތިހާރު Below Header ad

މި ބައްޔާ އެކު ލީގުގައި ސިޓީން ހުރިހާ މެޗަކުން މޮޅުވަމުން ދަމަހައްޓަމުން އައި ރެކޯޑު ނިމުކަނަށް މިވަނީ އައިސްފަ އެވެ.

ލީގުގައި ސިޓީން މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން، ހަ މެޗުން އެޓީމު ވަނީ މޮޅުވެފައެވެ. އެއްމެޗުން ވަނީ އެއްވަރުވެފައެވެ.
މިރޭގެ ބަލިވިނަމަވެސް 18 ޕޮއިންޓާއެކީ ލީގުގެ އެއްވަނައިގައި އަދި އޮތީ ސިޓީއެވެ. ލީގުގެ ދެވަނައިގައި ސިޓީއަށް ވުރެ އެންމެ ޕޮއިންޓެއްގެ ތަފާތުން 17 ޕޮއިންޓާއެކީ ޓޮޓެންހަމް އޮތްއިރު ތިންވަނައިގައި 16 ޕޮއިންޓާއެކީ އޮތީ ލިވަޕޫލްއެވެ.

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި، އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 9 ވަނަ މިނެޓްގައި ޓޮޓެންހަމްއިން ވަނީ ލަނޑުޖަހާ މެޗުގެ ލީޑުނަގާފައެވެ. އެހެން ނަމަވެސް މި ގޯލަކީ ސިޓީގެ ޑިފެންޑަރު ކޮލަރޯވް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ޓޮޓެންހަމް ގެ ދެވަނަ ގޯލް ޖަހާ ލީޑު ފުޅާކުރީ މެޗުގެ 37 ވަނަ މިނެޓްގައި ޑެލެ އަލީ ކާމިޔާބުކޮށްދިން ގޯލުންނެވެ.

ދެ ގޯލުގެ ލީޑަކާއެކީ ފުރަތަމަ ހާފް ޓޮޓެންހަމްއިން ނިންމާލިއިރު އިތުރަށް ލީޑު ފުޅާކޮށްލަން އެޓީމަށް ވަނީ ޕެނަލްޓީއެްްވެސް ލިބިގެން ގޮސްފައެވެ. އެހެން ނަމަވެސް އެރިކް ލަމޭލާ ފޮނުވާލި ޕެނަލްޓީ ސިޓީގެ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ ވަނީ ވަރަށް ހުސިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.

މި މޮޅާއެކު އެޓީމު ވެގެން ގޮސްފައިވަނީ އަދި މިހާތަނަަސް ލީގު މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމަށެވެ.

ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން ޓޮޓެންހަމް މޮޅުވެފައިވާއިރު ދެ މެޗުން ވަނީ އެއްވަރުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.