ޔުނައިޓެޑަށް ސްޓޯކް ސިޓީ އަތުންވެސް މޮޅެއް ނުވެވުނު.

އިނގިރޭސި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު މެންޗެސްޓަރ ޔުނައިޓެޑާއި ސްޓޯކް ސިޓީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މި ދެޓީމް ބައްދަލުކުރި މެޗު އެއްވަރުވެގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު Below Header ad

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ޔުނައިޓެޑުގެ ފަރާތުން ރަނގަޅަށް ކުޅުމެއް ފެނިގެން ދިޔައިރު އެޓީމަށް މިހާފުގައި ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ގޮސްފައެވެ.

އެގޮތުން އެޓީމާ މި ސީޒަނުގައި އަލަށް ގުޅުނު ތަޖުރިބާ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް އާއި ލިންގާޑް ފޮނުވާލި ހަމަލާތައް ފާހަގަ ކޮށްލެވެއެވެ.

މި މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުޖެހި އެއްވަރެއްގައި އޮވެ ނިމުނު ނަމަވެސް ފަހު ހާފުގެ 69 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މި މެޗުގައި ކުޅެން އެރި، އެންތޮނީ މާޝިއަލް ވަނީ ލަނޑެއް ޖަހާ ޔުނައިޓެޑަށް ލީޑުނަގާދީފައެވެ.

މި ގޯލާއެކީ ޔުނައިޓެޑުން އިތުރަށް ކުޅުން ބަރުގަދަ ކުރިއިރު ސްޓޯކްގެ ގޯލަށް އެޓީމުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ވެސް ފޮނުވާލާފައެވެ.

އެހެން ނަމަވެސް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވުނު އިރު ސްޓޯކް ސިޓީން ވަނީ  މެޗުގެ 82 ވަނަ މިނެޓްގައި ލަނޑުޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މިޑްފިލްޑަރު ޖޯ އެލެން އެވެ.

ސްޓޯކު ގެ މި ލަނޑަށް ފަހު ވެސް ޔުނައިޓެޑަށް ވަނީ ނަތީޖާ އަނބުރާލަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެހެން ނަމަވެސް ޕޮގްބާ މުޅިން ހުސްކޮށް ހުރެ ފޮނުވާލި މި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ 13 ޕޮއިންޓާއެކީ ލީގުގެ ހަވަނައިގައެވެ. ސްޓޯކް ސިޓީ އޮތީ 3 ޕޮއިންޓާއެކީ ލީގުގެ 19 ވަނައިގައެވެ.

ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ލިވަޕޫލްއާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.