
އެމްޑަބްލިއުއެސްސީ ސޮލިއުޝަން އެފްބީ ޕޭޖު އިފްތުތާޙުކޮށްފި
މި އެފްބީ ޕޭޖު އިފްތިތާޙު ކޮށްފައިވަނީ އެ ކުންފުނީގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑީ ވިދާޅުވީ މި ޕޭޖު ވެގެންދާނީ ކުންފުނިން ވިއްކާ މުދަލާއި ޚިދުމަތްތައް ފަސޭހަކަމާއެކީ ކަސްޓަމަރުންނަށް ޙިއްސާ ކުރުމަށް އިތުރުވެގެންދާ ޕްލެޓްފޯމަކަށް ކަމަށެވެ.
އަދި ކުންފުނީގެ ވިޔަފާރި އާއިބެހޭ މަޢުލޫމާތު ފަސޭހަކަމާއެކު އެއްތަނަކުން ފޯރުކޮށްދިނުމަށް ކުރެވޭ މިފަދަ އެކި މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.
މި ޕޭޖު މެދުވެރިކޮށް ފެނުގެ ތަޙުލީލީ ޓެސްޓު ކުރުމުގެ ޚިދުމަތާއި އާރއޯ މެމްބްރޭންސް އަދި ސްޕެއަރސް، ޕީއީ އަދި ސްވާރ ޕައިޕާއި ފިޓިންގސް އާއި ބަޓްވެލްޑިންގ އެންޑް އިލެކްޓްރޯ ފިއުޝަން ވެލްޑިންގ ގެ މަޢުލޫމާތު ލިބޭނެއެވެ.
އަދި ޝްރިންކް ފިލްމާއި ޕްރީފޯމާއި ފެނާއި ނަރުދަމާ ސިސްޓަމްގެ އޮޕަރޭޝަންސް އެންޑް މެއިންޓެނަންސް އާއި ޕަމްޕް ސަރވިސިންގ އާއި އެސެޓް ރެންޓިންގ އާއި މަސްވެރިންނަށް ދޫކުރާ އައިސްގެ މަޢުލޫމާތުވެސް ލިބޭނެއެވެ.
މީގެ އިތުރުން އެމްޑަބްލިއުއެސްސީގެ ޔުޓިލިޓީ ސޮލިއުޝަންސް އާއި ފެނާއިގުޅުންހުރި ގިނަ ބާވަތްތަކެއްގެ މަޢުލޫމާތުވެސް ލިބޭނެކަމަށް އެ ކުންފުނިން ބުނެއެވެ.



