ޗެލްސީ މޮޅުވިއިރު ލިވަޕޫލަށްވެސް މޮޅެއް.

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު މެޗުތަކުން ހަލް ސިޓީ ގެމައްޗަށް ޗެލްސީ ކުރި ހޯދިއިރު ސްވަންސީ ސިޓީގެ މައްޗަށް ލިވަޕޫލް ވެސް ކުރިހޯދައިފިއެވެ.

ިރޭގެ މެޗަށް ޗެލްސީ ނުކުތްއިރު އެޓީމަށް ވަނީ ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހިފައެވެ. އެއީ ޖެހިޖެހިގެން ދެ މެޗުން ޗެލްސީ ބަލިވެފައިވުމުންނެވެ.

އިޝްތިހާރު Below Header ad

މިކަމުގެ ސަބަބުން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް ވަނީ ގިނަ ބައެއްގެ ފާޑު ކިޔުންތަކާ އެކު ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހިފައެވެ.

އެހެން ނަމަވެސް ރޭގެ މެޗުން މޮޅުވުމަކީ ޗެލްސީ އަށް ލިބުނު ހިތްހަމަ ޖެހުމަކަށް ވެގެން ދާނެއެވެ.

މި މެޗުން މޮޅުވުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކޮންޓޭ ބުނީ މީ އާފެށުމެއް ކަމަށާއި މެޗުން މޮޅުވުމަކީ ލިބޭ ހިންހަމަ ޖެހުމެއްކަމަށެވެ.

އޭނާ ބުނީ މައްސަލަތަކުން އަަރައިގަންނަން މެޗުތަކުން މޮޅުވުން މުހިއްމު ކަމަށާއި ބައިކޮޅަށް ލަނޑެއް ނުވަދެ ނިންމާލުމަކީ ވެސް އެއީ ޕްލަސް ޕޮއިންޓެއް ކަމަށެވެ.

ރޭގެ މެޗުގައި ޗެލްސީން ކާމިޔާބުކުރި ލަނޑުތައް ކާމިޔާބުކުރީ ވިލިއަން އާއި ޑިއޭގޯ ކޮސްޓާ އެވެ.

ލިވަޕޫލް އަދި ޗެލްސީގެ މެޗަށް ބަލާއިރު ސްވަންސީން ވަނީ މެޗުގެ ވަރަށް ކުރީ ކޮޅު ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މެޗުގެ 8 ވަނަ މިނެޓުގައި އެ ޓީމުގެ ލަނޑު ކާމިޔާބުކުރީ ލިރޯއީ ފާ އެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުނު އިރު އެއް ލަނޑުގެ ތަފާތުން ކުރީގައި އޮތީ ސްވެންސީ އެވެ.

އެހެން ނަމަވެސް ފަހުހާފަށް ކުޅެން ނިކުމެ މެޗުގެ 54 ވަނަ މިނިޓްގައި ލިވަޕޫލުން ވަނި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އެއްވަރުކުރި ލަނޑު ޖަހައިދިނީ ރޮބާޓޯ ފިރްމީނޯ އެވެ.

ލިވަޕޫލް މޮޅުވި ލަނޑު 84 ވަނަ މިމެޓުގައި ޖަހާފައިވަނީ ލިބުނު ޕެނަލްޓީ އަކުން ޖޭމްސް މިލްނާ އެވެ. މި ޕެނަލްޓީ އަކީ ސްވަންސީގެ އެންހެލް ރަންހޭލް ލިވަޕޫލްގެ ފިރްމީނޯ އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ.

މި ނަތީޖާ އާއެކު ލިވަޕޫލަށް ވަނީ ލީގުގެ ދެވަނަ މަގާމު ލިބިފައެވެ. އެއީ 16 ޕޮއިންޓާ އެކުގައެވެ. ލީގުގެ އެއް ވަނައިގައި އޮތީ 18 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އެވެ. ތިން ވަނައިގައި އޮތް ޓޮޓެންހަމާއި ހަތަރު ވަނައިގައި އޮތް އެވަޓަން އަށް ވަނީ 14 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް އާސެނަލާއި ހަ ވަނައިގައި އޮތް ޗެލްސީ އަށް ލިބިފައިވަނީ 13 ޕޮއިންޓެވެ.

މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ސަންޑަލެންޑް ވަނީ 1-1 ގެ ނަތީޖާއިން ވެސްޓް ބްރޮމްއާ އެއްވަރުވެފަ އެވެ. ވަޓްފޯޑާއި ބޯންމައުތު ބައްދަލު ކުރި މެޗުވެސް ވަނި 2-2 އިން އެއްވަރުވެފައެވެ. ވެސްޓް ހަމް ޔުނައިޓެޑާއި މިޑްލްސްބަރާ ބައްދަލުކުރި މެޗުވެސް ވަނީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.