މިއީ ހުސްވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި ޢަމަލު ކުރަންވީ ވަގުތު: ޓްރަމްޕު
އެމެެެރިކާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމަށްފަހު އެޤައުމުގެ ރައްޔިތުންނާއި މުޚާތަބުކުރައްވާ ފުރަތަމަ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިއީ ސިޔާސީ ފަހުލަވާނުންގެ މޮޅު ވާހަކަތައް ދައްކަންވީ ވަގުތު ނޫން ކަމަށާއި މިއީ ޤައުމުގެ މުސްތަޤުބަލް އުޖާލާކުރުމަށް ޢަމަލުން އެކަން ދައްކަންވީ ވަގުތުކަމަށެވެ.
އަދި ޤައުމުގެ ވެރިންނަކީ ރައްޔިތުން ކަމަށާއި ކޮންމެ ރައްޔިތަކުވެސް ޤައުމުގެ ތަތައްޤީއަށް މަސައްކަތް ކުރަންވާނެ ކަމަށްވެސް ޓްރަމްޕު ވިދާޅުވިއެވެ.
މީގެ އިތުރުން ޓްރަމްޕު ވިދާޅުވީ އަބަދުވެސް އިސްކަންދޭންވާނީ ޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށް ކަމަށާއި އެހެން ޤައުމުތައް އަންނަންވާނީ އެއަށްފަހުގައި ކަމަށެވެ.
ޓްރަމްޕުގެ ވާހަކައިގާ އެމެރިކާގެ ރައީސްކަމުގައި ހޭދަކުރައްވާ ދުވަސްތަކުގައި މީގެކުރިން އެޤައުމު ދެކިފައިނުވާވަރުގެ ތަރައްޤީ ގެނެސްދެއްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.