މުހިންމު ގިނަ ކުޅުންތެރިންތަކެއް ބާކީކުރުމަށް ފަހު ގައުމީ ޓީމުގެ ސްކޮޑު އިއުލާން ކޮށްފި.

2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕް ކޮލިފައިން ޕްލޭއޮފް ގެ ދެވަނަ ލެގުގައި ލާއޮސްއާ ދެކޮޅަށް ކުޅޭ މެޗަށް އެކުލަވާލި ގައުމީ ސްކޮޑުން މުހިންމު ގިނަ ކުޅުންތެރިންތަކެއް ބާކީ ކުރުމަށް ފަހު ސްކޮޑް އިއުލާން ކޮފިއެވެ.

އިއުލާންކުރި ގައުމީ ސްކޮޑުން ބާކީ ކުރި ކުޅުންތެރިންގެ ތެރޭގައި މާޒިޔާގެ އަސްހަދު އަލީ (އަޑޭ) އާއި ހުސައިން ނިޔާޒު މުހައްމަދު (ބޮކްރީ) އާއި އަނިޔާގައި ހުރި ޓީސީގެ ނާއިޒު ހަސަން (ދާދު) އާއި އީގަލްސްގެ ހަމްދާންގެ އިބްރާހިމް ހިމެނެއެވެ.

އިޝްތިހާރު Below Header ad

މި ތިން ކުޅުންތެރިން ބާކީ ކުރިއިރު އޭގެ ބަދަލުގައި ހިމަނާފައިވާ 3 ކުޅުންތެރިންނަކީ މާޒިޔާގެ އަހްމަދު ނާޝިދު (ނާއްޓޭ) އާއި ޑިފެންޑަރު ސަމޫހް އަލީ އާއި އީގަލްސްގެ އިބްރާހިމް މުބީން އަހްމަދު ރަޝީދު (މުއްކި) އެވެ.

އިއުލާން ކުރި ގައުމީ ޓީމުގެ ސޮކޮޑުން އަސްހަދު އަލީ ބާކީ ކުރިިއިރު އޭނާ ވަނީ ސިޔާސީ މައްސަލައްގައި ކޯޓް އަމުރެއްގެ ދަށުން 15 ދުވަސް ވަންދެން ހައްޔަރު ކޮށްފައެވެ. އެހެންކަމުން ބިޑަން ބެލެވެނީ އަސްހަދު އަލީ ޓީމުގައި ހިމެނިފައި ނުވަނީ މިސަބަބާ ހެދި ކަމުގައެވެ.

ދާދު އަށް ގައުމީޓީމުން ފުރުސަތު ލިބިފައި ނުވަނީ އަނިޔާގެ ސަބަބުންނެވެ. އޭނާ އަށް އަނިޔާވީ ބަނގުލަދޭޝްއާ ދެކޮޅަށް މާލޭގައި ކުޅުނު އެކުވެރި ކަމުގެ މެޗްގަ އެވެ.

މިމަހު 11 ވަނަ ދުވަހު ލާއޯސްއާ ދެކޮލަށް ލާއޯސްގައި ކުޅޭ ދެ ވަނަ ލެގް މެޗަށް ގައުމީ ޓީމް ޔައްޔާރުވުމުގެ ގޮތުން މިހާރު ވަނީ ޕްރެކްޓިސް ފަށާފައެވެ.

ލާއޯސްއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގް މެޗުން ދިވެހި ގައުމީޓީމް މޮޅުވެފައިވަނީ 4-0 ގެ ނަތިޖާއަކުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.