ލ.ފޮނަދޫގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އިތުރުވަނީ….

 

އަޅުގަނޑުމެން އެންމެހާ ދިވެހިންނަކީ ޒަމާނުއްސުރެ އަމިއްލަ ޘަޤާފަތަކާއި ރިވެތި އާދަކާދަތަކެއް ގެންގުޅެމުންއަންނަ ބައެކެވެ.

އިޝްތިހާރު Below Header ad

އެހެން ނަމަވެސް މިއަދު ހިތާމަޔާ އެކީ ދަންނަވާލަން ޖެހެނީ ދިވެހިން ޒަމާނުއްސުރެ ދަމަހައްޓަމުން އައި ރިވެތި އާދަކާދަތަކާއި ޘަޤާފަތް މަޑުމަޑުން ނެތެމުންގޮސް ބޮޑު ބައެއް މިހާރު ނެތިގޮސްފައިވާކަމަށެވެ.

އަޅުގަނޑުމެން ދިވެހިން ޒަމާނުއްސުރެ ދެކެމުންއައި ކާބަފައިންގެނ ރިވެތިއާދަކާދަތަށް މިއަދު ނެތެމުންދާއިރު މިކަން ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން ހުރިހާ ދިވެހިންވެސް މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ.

ބަވަނަ ކުރެވިފައިވާ މިރާއްޖޭގައި ތަފާތުޤައުމުތަކުގެ މީހުން ދިރިއުޅެމުންގެންދާއިރު އެގައުމުތަކުގެ ދިންވެހިންނާއި ނުގުޅޭ އެކިއެކި ތަފާތު ޘަޤާފަތްތަކާއި އާދަކާދަތަށް ދަނީ ދިވެހި މި މުޖުތަމައުގައި ފެތުރި އަށަގަންނަމުންނެވެ.

އަވައްޓެރި ޤައުމުތަކާއި ދުރުޤައުމުތަކުގެ މީހުން އަޅުގަނޑުމެނެގެ މި ދިވެހި ފަސްގަނޑުގައި ދިރި އުޅެމުންގެންދާއިރު އެމީހުންގެ އާޖުފާޖު ވަރަށް ރަނގަޅަށް ދެނެގަނެ އެމީހުންގެ ޢަމަލުތަކަށް އަޅުގަނޑުމެން ފާރަލާންޖެހޭނެއެވެ. އަދި އެބައި މީހުންގެ ކިބައިން ފެންނަމުންދާ އަޅުގަނޑުމެންގެ ޘަޤާފަތާއި އާދަކާދައާއި ނުގުޅޭ ކަންކަންހުއްޓުވަންވެސް މަސައްކަތްކުރަންޖެހެއެވެ.

ރާއްޖޭގައި އެކި ގައުމުތަކުގެ ބިދޭސީން ދިރިއުޅެމުންގެންދަނީ އެކި ސަބަބުތަކާހުރެއެވެ. އޭގެ ތެރޭގައި ސްކޫލްތަކުގެ ޓީޗަރުންގެ ގޮތުގައި އެއްބަޔަކު މަސައްކަތް ކުރާއިރު އަނެއްބަޔަކު މަސައްކަތް ކުރަމުންގެންދަނީ ސިވިލް މަސައްކަތްތަކެވެ. އޭގެތެރޭގައި ކޮންސްޓްރްކަޝަން މަސައްކަތްތައް ހިމެނެއެވެ.

ރާއްޖޭގައި ބިދޭސީން އުޅެންޖެހެއެވެ. ފަސޭހަކަމާއެކު މަސައްކަތްތައް ހެޔޮއަގުގައި ކޮށްލުމަށްޓަކައެވެ. އެހެން ނަމަވެސް ރާއްޖޭގައި ބިދޭސީން އުޅެންޖެހޭ ވަކލި ހަމަތަކަކާއި އުސޫލް ތަކެއް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

އެހެން ނަމަވެސް ދިވެހިރާއްޖޭގައި ފުނިޖެހެމުން އަންނަ ބިދޭސީންގެ ޢަމަލުތައް މިހާރަކަށް އައިސް ވަނީ ކަންބޮޑުވާ ދަރަޖައަކަށް ގޮސްފައެވެ.

މީ އިއްޔެއަކު މިއަދަކު ދެކެވޭ އަދި އިންޔެއަކު މިއަދަކު ފެންނަ މަންޒަރުތަކެއްވެސް ނޫނެވެ. ކުޑަ ކުދިންނާ އެކު ބަދު އަޚުލާގީ ޢަމަލު ހިންގުން، ޢިއްފަތްތެރިކަމަށް އަރައިގަތުން، ވައްކަން ކުރުމާއި މާރާމާރީ ހިންގުމެވެ. އެބައި މީހުންގެ ފަރާތުން ފެންނަ މިފަދަ ޢަމަލުތަކުގެ ސަބަބުން ދިވެހި މުޖުތަމަޢުއަށް ކުރާނީ ކޮންފަދަ ނުރައްކާތެރި އަސަރެއް ކަމާއި މެދު ވިސްނާލަނީ ފަހެ ކާކުބާވައެވެ.

އަޅުގަނޑުމެން ދިވެހިން ހީވެސް ނުކުރާ ފަދަ އަނގަވަޅަކަށް މި ރާއްޖެ ވެއްޓިދާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. ހަގީގަތަށް ދަންނަވާ ނަމަ މިހާރުވެސް ފެންނަމުން މިދަނީ އެފަދަ އަނދަވަޅަކަށް ރާއްޖެ ވެއްޓިފައިވާ މަންޒަރޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.

މި ކުޑަކުޑަ ދިވެހިރާއްޖޭގެ އާބާދީގައި ހަތަރު ލައްކަ ހަމަނުވާ އިރު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އާބާދީ ލައްސައަކާ ގާތްކުރުމަކީ އަޅުގަނޑުމެންގެ ރާއްޖެއަށް ހުރި ބޮޑު ބިރަކަށް ނޫނީ ނުވާނެކަން ޔަގީނެވެ. މި ނިސްބަތުން ބިދޭސީންގެ އާބާދީ އިތުރުވަމުންދާ ނަމަ، ކުރިއަށް އޮތް ހަތަރެއް ނުވަތަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އާބާދީއާ އެއްވަރަށް ބިދޭސީންގެ އާބާދީ އަރާނެ ކަމާމެދު އެއްވެސް މީހަކު ޝައްކެތް ނުކުރާނެ އެވެ.

ބިދޭސީންގެ އާބާދީ ދުވަހެއް ދުވަހަކަށް ރާއްޖޭގައި އިތުރުވަމުން އަންނައިރު ރާއްޖޭގައި އޮންނަ އުސޫލުތަކާއި ޤވާއިދުތަކާއި ޚިލާފަށް ރާއްޖެ އެތެރެވާ ބިދޭސީންވެސް ނިބަތުން ގިނަކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ރާއްޖޭގެ އެކި ރައްރަށުގައި ވޯކްޕާމިޓެއް ނެއް ވަގަށް ރާއްޖެ އެތެރެވެފައި ތިބި ބިދޭސީންގެ އަދަދު އިނގިލިން ގުނާނުލެވޭހާ ގިނައެވެ. އެގޮތުން ލ.ފޮނަދޫގައިވެސް އޭގެ ގިނައަދަދެއްގެ ބިދޭސީން އުޅޭކަމުގެ ސަކުވާ އެރަށު ގިނަބަޔަކު މިހާރުވެސް ދަނީ ކުރަމުންނެވެ.

CSUUa7uUsAAFG8l

ލ.ފޮނަދޫ އަދީ ރާއްޖޭގެ ނިސްބަތުން އެންމެ ބޮޑު ރައްށަކަމަށް ވާއިރު އެރަށުގައި ވަގަށް އުޅޭ ބިދޭސީންވެސް ދުވަހެއްދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިހާރުވެސް ގިނަ އަދަދެއްގެ ބިދޭސީން ފިނަދޫގައި އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުންގެންދާ ކަމުގެ ޝަކުވާ އެރަށު ރައްޔިތުން ދަނީ ކުރަމުންނެވެ.

އެގޮތުން ލ.ފޮނަދޫ ރަށުކައުންސިލުން ހުއްދަ ނެގުމެއް ނެތި ރަށުގެ އެކި ހިސާބުން ދަނޑު ބިންތަށް ކޮށައިގެން ދަނޑުވެރިކަން ކުރަމުންގެންދާ ބިދޭސީންވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

ލ.ފޮނަދޫ ގިނަ އަދަދެއްގެ ރައްޔިތުންގެ ކަން ބޮޑުވުން މިކަމުގައި އޮތްއިރު އެފަރާތް ތަކުން ވަނީ އެޓޯލް ނިއުސްއާއި މިކަން ހިއްސާވެސް ކުރައްވާފައެވެ. އޭގެ ތެރެއިން ގިނަބައެއްގެ އާދޭހަކީ ބިދޭސީން އެރަށުގައި ގަވާއިދާއި ޚިލާފަށް އުޅޭއުޅުން ހުއްޓުވުމަކަށް ގެނެސްދިނުމެވެ.

image277

ނަން ހާމަނުކުރުމަށް އެދެމެނުން ލ.ފޮނަދޫ މީހަކު އެޓޯލް ނިއުސްއަށް ކިޔާދިން ގޮތުގައި އެރަށުގައި 2000 ހަށްވުރެ ގިނަ ބިދޭސީން ގަވާއިދާއި ޚިލާފަށް އުޅެމުންގެންދެއެވެ. އެކަން އެފަރާތުން އަތޮޅުކައުންސިލްގެ އިދާރާއާއި ހިއްސާވެސް ކޮށްފައިވާކަމަށާއި އަދި އެރަށު ޕޮލިހުންނަށްވެސް މިކަންއަންގާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެފަރާތުން އެއްވެސް ސަމާލުކަމެއް މިކަމަށް ދީފައިނުވާކަމަށް އެފަރާތުން ބުންޏެވެ.

” ހުއްދަ ނުނަގާ ރަށުގައި ދަނޑު ބިންތަށް ނަގައިގެން އަމިއްލައަށް ކޮށައިގެން ވަރަށް ގިނަ ބިދޭސީން ދަނޑުވެރިކަން ކުރަމުން އެބަދޭ. ދަނޑުވެރިކަން ނޫނަސް އެކި މަސައްކަތްތަކުގައި ވަގަށް އައިސްއުޅޭ ބިދޭސީން އެބައުޅޭ. އެކަން އަތޮޅު ކައުންސިލްގެ އިދާރާއަށްވެސް އަންގައިފިން އަދި ރަށުގެ ޕޮލިހުންނަށްވެސް އަންގައިފިން. ވީހަމައެއް ކަމެއްވެސް ނެއް”. ފޮނަދޫ އާންމު ރައްޔިތަކު ކިޔައިދިނެވެ.

ލ.ފޮނަދޫ ރައްޔިތުންގެ މި ޝަކުވާ ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާއިރު މިކަމަށް ކަމާބެހޭ ފަރާތް ތަކުގެ ސަމާލުކަން ނާންނަނީ ކީއްވެބާވައެވެ.

gaadhoo 3

މިގޮތައް ރާއްޖޭގެ ކިތައް ރަށުގައި މިފަދަކަންކަން ހިނގާނެތޯއެވެ. މީ ހަމަޔަގީނުންވެސް ކަމާބެހޭ ފަރާތްތަކުން އިސްކަމެއްދީގެން ކުރަންވެއްޖެ ކަމެކެވެ.

ބިދޭސީންގެ މި ބޮޑު އާބާދީ އަޅުގަނޑުމެން މި ގައުމުން ފިލުވައިލުމަށް އަޅުގަނޑުމެން ދިވެހިން އަތުކުރި އޮޅާލާ އެންމެ ކުރީ ސަފަށް ނުކުންނާކަށް ނުވޭތޯއެވެ.

އެހެން ނޫން ނަމަ ބިދޭސީންގެ އާބާދީގެ ސަބަބުން އެމީހުންގެ ބާރުގެ ދަށަށް މިގައުމު ހިނގައިދާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. ގައުމުގެ ކުރިމަގާ މެދު ވިސްނާ ފިކުރު ކުރަމާހެއްޔެވެ. އަންނަން އޮތް އަޅުގަނޑުމެންގެ ޖީލަށް ވިސްނާލަމާ ހެއްޔެވެ.

laamu7

ކިތަންމެ ފަސޭހައިން ކިތަންމެ ކުޑަ އަގެއްގައި ރެޔާ ދުވާލު އެމީހުން ލައްވާ މަަސައްކަތް ކުރެވުނު ނަމަވެސް މުސްކުޅި ހަރުބަހެއްގައިވާ ފަދައިން ” ފަހުން ނަގާ ރާޅު މާ ބޮޑުވާނެ ” ކަން ދަންނާށެވެ. މިހެން ވެއްޖެ ނަމަ އަޅުގަނޑުމެން ކުރަންޖެހޭ ހިތާމަ މާ ބޮޑުވާނެކަން ޔަގީނެވެ.

އެހެން ކަމުން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށްވެސް މިކަމަށް ޚާއްޞަ އިސްކަމެއް ދީގެން މިކަން ބައްލަވާ ގަވާއިދާ ޚިލާފަށް އެގޮތަށް އުޅޭ ބިދޭސީން ހައްޔަރުކޮށް އަނބުރާ ފޮނުވާލުމަށް ދަންނަވެމެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.