ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ވެސް ރޮނާލްޑޯ.

 

ދުނިޔޭގެ ފުޓްބޯޅަ އާއި ބެހޭ މައި އިދާރާ ފީފާއިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާގެ މަގާމު، ޕޯޗުގަލް އާއި ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބިއްޖެއެވެ.

އިޝްތިހާރު Below Header ad

ސްވިޒަލޭންޑްގެ ވެރިރަށް ޒިއުރިކްގައި ރޭ މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރޮނާލްޑޯއަށް މި އެވޯޑު ލިބުނީ އޭނާއާ އެންމެ ގާތުން ވާދަކުރަމުން އަންނަ ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ އެވެ. ދެން މެސީގެ އިތުރުން މި އެވޯޑަށް ވާދަކުރީ އެތްލެޓިކޯ މެޑްރިޑްގެ ފޯވާޑް، އެންޓޮއިން ގްރިޒްމަން އެވެ.

މި އެވޯޑު ރޮނާލްޑޯ އާއި ހަވާލުކޮށްދިނީ ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއެވެ.

މި އެވޯޑް ލިބުމާ ގުޅިގެން މީޑިއާއަށް ދިން ޚާއްސަ ބަސްދީގަތުމެއްގައި ވާހަކަދަށްކަމުން ރޮނާލްޑޯ ބުނީ އެވޯޑް ލިބުމުން ވަރަށް އުފާވާކަމަށާއި އެވޯޑް ލިބުނީ ގިނަބައެއްގެ ބުރަމަސައްކަތުން ކަމަށެވެ.

އަދި އެ ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރާ ކަމަށާއި 2016 ވަނަ އަހަރަކީ އޭނާ ދުވަހަކުވެސް، ހަނދާން ނައްތާލާނެ އަހަރެއް ނޫންކަމަށެވެ.

“އަހަރެންނަށް ލިބުނު މި އެވޯޑަކީ ބޮޑު ކާމިޔާބެއް. ވަރަށް އުފާވެއްޖެ. މީ ގިނަބައެއްގެ އެހީތެރިކަމާ އެކު ލިބުނު ކާމިޔާބެއް. އެފަރާތްތަކަށް ޝުކުރު އަދާކުރަން”. ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ފާހަގަކުރި ގޮތަށް މިދިޔަ އަހަރަކީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު އަހަރެވެ.  މިދިޔަ އަހަރު އޭނާ ވަނީ ރެއާލްއާއެކީ ޗެމްޕިއަންސް ލީގު އާއި ޔޫއެފާ ސުޕަ ކަޕާއި ފީފާ ކްލަބް ވޯލްޑްކަޕް ހޯދާފައެވެ.

އަދި ޕޯޗުގަލްގެ ގައުމީ ޓީމާއެކީ ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް ރޮނާލްޑޯ ވަނީ ކާމިޔާބުކޮށްފައެވެ.

މިދިޔަ އަހަރު ދެއްކި މޮޅު ކުޅުމާއެކީ ރޮނާލްޑޯއަށް ވަނީ ފްރާންސް ފުޓްބޯލް މަޖައްލާއިން ދޭ ބެލޮންޑިއޯ އެވޯޑު ވެސް ލިބިފައެވެ.

imrs

އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު ރޮނާލްޑޯއަށް ލިބުނުއިރު މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިއާގެ މަގާމު ލިބުނީ އެމެރިކާގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކެޕްޓަން ކާލީ ލޮޔިޑްއެވެ.

skysports claudio ranieri leicester fifa 3867207

މީގެއިތުރުން މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ކޯޗުގެ މަގާމު ލެސްޓަ ސިޓީގެ ކޯޗު ކްލައުޑިއޯ ރަނިއޭރީއަށް ލިބުނުއިރު އެންމެ މޮޅު އަންހެން ކޯޗުގެ މަގާމު ހޯދީ، ޖަރުމަނުގެ ގައުމީ އަންހެން ޓީމުގެ ކޯޗު ސިލްވިއޭ ނެއިޑްއެވެ.

މީގެއިތުރުން މިދިޔަ އަހަރުގެ އެންމެ ރީތި ގޯލަކަށް ހޮވިފައިވަނީ، މެލޭޝިއާގެ ސުޕަރ ލީގުގެ ކްލަބެއް ކަމަށްވާ، ޕެނާންގްއަށް ކުޅެމުން އަންނަ ފާއިޒް ސުބްރީ ކާމިޔާބުކުރި ގޯލެވެ. މިދިޔަ އަހަރުގެ ފީފާ ފޭން އެވޯޑު ލިބުނީ، ލިވަޕޫލް އާއި ބްރޫޝިއާ ޑޯޓްމަންޑަށެވެ. އަދި ފީފާ ފެއާ ޕްލޭ އެވޯޑު ލިބުނީ، ކޮލަމްބިއާގެ އެތްލެޓިކޯ ނަސިއޮނާލްއަށެވެ.

މީގެއިތުރުން މިރޭގެ ރަސްމިއްޔާތުގައި ވަނީ، މިދިޔަ އަހަރުގެ އެންމެ މޮޅު 11 ކުޅުންތެރިން ވެސް އިއުލާންކޮށްފައެވެ.

FUT 16 TOTY Team of the Year FIFA 16 Ultimate Team UltimateTeamUK 2

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.