ޖުވައިރިޔާ ބިންތު އަލް ޙާރިޘް

ޒައިނަބް ބިންތު ޖަޙްޝް އަށް ފަހު، ކީރިތި ރަސޫލާ ކައިވެނި ބައްލަވައިގަތީ ޖުވައިރިޔާ ބިންތު އަލްޙާރިޘްއާއެވެ. ޖުވައިރިޔާ އަކީ ބަނީ އަލްމުޞްޠަލިޤްގެ ވެރިއާގެ ދަރިކަނބަލެކެވެ.

މި ކަމަނާވީ ބަނީ އަލްމުޞްޠަލިޤް އާއި ކުރެވުނު ހަނގުރާމައިގައި ހައްޔަރުވި މީހުންގެ ތެރޭގައެވެ. އަދި މިނިވަން ކުރެއްވުމަށްފަހު ހިޖުރައިން 6 ވަނަ އަހަރު ކީރިތި ރަސޫލާ ޖުވައިރިއްޔާ އާއި ކައިވެނި ބައްލަވައިގަތެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކައިވެނި ބައްލަވައިގަތް އިރު އެކަމަނާގެ ޢުމުރުފުޅަކީ ވިހި އަހަރެވެ. އަވަހާރަވީ ހިޖުރައިން 56 ވަނަ އަހަރުގައެވެ. 55 ވަނަ އަހަރުގައޭވެސް ބުނެވެއެވެ. އަވަހާރަވި އިރު ޢުމުރުފުޅަކީ 65 އަހަރެވެ.

ޖުވައިރިއްޔާ އާއި ކީރިތި ރަސޫލާ ކައިވެނި ބައްލަވައިގަތް ގޮތުގެ ވާހަކަ ޢާއިޝަތުގެފާނު ކިޔާދެއްވާފައިވެއެވެ. ތިރީގައި މިވަނީ ސުނަން އަބީ ދާއޫދްގެ “ އަލްޢިތުޤު“ މި ބާބުގައި ރިވާކުރެވިފައިވާ ރިވާޔަތެއްގެ ޚުލާޞާ އެވެ. ޢާއިޝަތުގެފާނު ވިދާޅުވިއެވެ.“

ބަނީ އަލްމުޞްޠަލިޤް ހަނގުރާމައިގައި ހިފެހެއްޓުނު ޣާނީމާތަކާއި މީހުން މުސްލިމުންނަށް ބެހުނު އިރު، ޖުވައިރިޔާ ހިމެނިވަޑައިގަތީ ޘާބިތު ބިން ޤައިސް ބިން ޝައްމާސް (ނުވަތަ އޭނާގެ ބޮޑުބޭބެގެ ދަރިއަކަށް) އަށް އެޅުނު ބައިގައެވެ. ދެން އޭނާއަށް ފައިސާ ދީގެން އަމިއްލަ އަށް މިނިވަން ވުމުގެ އެއްބަސް ވުމެއް އެކަމަނާ ނިންމެވިއެވެ. އެކަމަނާ ވީ ނަޒަރު ހުއްޓޭފަދަ ވަރަށް ރީތި ބޭކަނބަލެއް ކަމުގައެވެ.

ދެން އެކަމަނާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިއަހަށް ވަޑައިގަނެ، އެކަމަނާ މިނިވަންކަން ގަތުމަށް އެދި ވަޑައިގަތެވެ. އަދި އެކަމަނާ ދޮރުމަތީ ހުއްޓިވަޑައިގެން ހުންނެވި އިރު އަހަރެން ނުރުހުނެވެ. އަދި އެކަމަނާގެ ކިބައިން އަހަރެންނަށް ފެނުނު ސިފަތައް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށްވެސް ފެނިވަޑައިގަންނަވާނެކަން އަހަރެންނަށް އެނގުނެވެ.

އަދި ކަލޭގެފާނަށްވެސް ވަންހަނާ ނުވާނެފަދައިން އަހަރެންނާއި ދިމާވެފައިވާ ކަންތައް މިވަނީ ދިމާވެފައެވެ. އަހަރެން ވަނީ ޘާބިތު ބިން ޤައިސް ބިން ޝައްމާސް އަށް ބައި އަޅާފައި ލިބުނު ބައިގައި ހިމެނިފައެވެ. އަދި ފައިސާ ދީގެން އަހަރެން މިނިވަން ވުމަށްޓަކައި އެއްބަސް ވުމެއް ވެއްޖައީމެވެ. އަދި އަހަރެން މިއައީ މިކަމުގައި ކަލޭގެފާނުގެ އެހީފުޅެއް ހޯދުމަށެވެ.

ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާ އެއަށްވުރެ ރަނގަޅު ގޮތެއް ބޭނުންފުޅުތޯ ޙަދީޘް ކުރެއްވިއެވެ. ”އެއީ ކޮން ގޮތެއްތޯ؟“ އޭ އެކަމަނާ ދެންނެވިއެވެ. އެހިނދު ﷲގެ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ”މިނިވަން ވުމުގެ ފައިސާ ކަމަނާގެ ފަރާތުން ތިމަން ކަލޭގެފާނު ދައްކާވާފާނަމެވެ. އަދި ކަމަނާއާއި ކައިވެނި ކުރައްވަފާނަމެވެ.“

ދެން ޖުވައިރިޔާ ދެންނެވިއެވެ.“އަހަރެން އެއްބަހެވެ.“ ދެން އެކަމަނާއާއި ކީރިތި ރަސޫލާ ކައިވެނި ބައްލަވައިގަތް ޚަބަރު މުސްލިމުންނަށް އިވުމުން އެކަމަނާގެ ޤައުމުގެ މީހުންގެ ތެރެއިން ހައްޔަރު ކުރެވިފައި ތިބި މީހުންނަކީ ރަސޫލާގެ އަނބިކަނބަލުންނާއި ތިމާގެ މީހުންނޭ ބުނެ މިނިވަން ކުރިއެވެ. އެ މީހެއްގެ ޤައުމުގެ މީހުންނަށް ޖުވައިރިޔާ އަށް ވުރެބަރަކާތް ހުރި މީހެއް، އަހަރެމެން ނުދެކެމެވެ. އެކަމަނާގެ ސަބަބުން ބަނީ އަލްމުޞްޠަލިޤްގެ ސަތޭކަ ޢާއިލާ މިނިވަން ވިއެވެ.

ޖުވައިރިޔާ އަކީ، ކީރިތި ރަސޫލާގެ ހުރިހާ އަނބިކަނބަލުންވެސް ފަދައިން، އަޅުކަމުގައި ގިނަ ވަގުތު ހޭދަ ކުރައްވާ، ސުންނަތް ރޯދަ ހިއްޕަވާ ޒާހިދު ތަޤުވާވެރި އަނބިކަނބަލެކެވެ.

ފަހުން ޖުވައިރިޔާގެ ބައްޕާފުޅު މަދީނާއަށް ވަޑައިގަނެ، ދެ ދަރިކަލުންނާ އެކު އިސްލާމްވެ ވަޑައިގަތެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.