ޔޫއޭއީއިން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނެސްފި

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީން ފުރައިގެން އިސްރާއީލަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކޮށް، ނިރުބަވެރި ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި އެ ގައުމުން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން މިއަދުގެ ވަގުތެއްގައި ރާއްޖެ ގެނެސްފިއެވެ.

ފްލައިދުބާއީގައި މަސައްކަތްކުރަމުން ދިޔަ މި ދެ ޕައިލެޓުން މި މައްސަލައިގެ ތަހުގީގަށް ދުބާއީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މި ހިނގާ މަހުގެ 3 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިއަދާ ހަމައަށްވެސް އެ ދެ މީހުން ތިބީ ޔޫއޭއީގެ ފުލުހުންގެ ބަންދުގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިޑްލް އީސްޓް މޮނިޓާއިން، އިސްރާއީލުގެ ނޫހެއް ކަމަށްވާ ”ކީޕާ“ އާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ ޕައިލެޓުން ހައްޔަރުކުރި ފަހުން އެތައް ދުވަހެއް ވަންދެން އެ މީހުންގެ އެއްވެސް ޚަބަރެއް ނުވެގެން އާއިލާތަކުން އުޅެނިކޮށް، އެމީހުން ބަންދުގައި ތިބިކަން އާއިލާތަކަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހު ޔޫއޭއީގައި ހުންނަ ދިވެހި އެމްބަސީން އެންގުމުންނެވެ.

މި ހާދިސާ ހިނގި ގޮތުގެ ތަފްސީލު ހާމަކުރައްވަމުން ޔޫއޭއީގެ ޕްރޮސެކިއުޓާ ޖެނެރަލް ހަމަދު ސައިފް އައްޝާމިސީ ވިދާޅުވެފައިވަނީ، 170 އަށް ވުރެ ގިނަ ފަސިންޖަރުންނާއެކު ދަތުރުކުރި އެ ފްލައިޓުގެ ކެޕްޓަނަށް ކޯޕައިލެޓް ހަމަލާދީފައިވަނީ ކޯރާޑިއަކުން ކަމަށެވެ. އަދި ދަތުރު ފެށިތާ ދެ ގަޑިއިރާއި ބައި ފަހުން ދިން މި ހަމަލާއާ ގުޅިގެން، ބޯޓު ކޮންޓްރޯލުން ނެއްޓި 17،000 ފޫޓު (5،200 މީޓަރު) ތިރިއަށް ވެއްޓުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ބޯޓުގައި ތިބި ފަސިންޖަރުން ނުކުމެ ކޯޕައިލެޓް ހުއްޓުވައި، ބޯޓުގެ ކޮންޓްރޯލް އަލުން ހޯދުމުގެ ސަބަބުން ބޮޑު ކާރިސާއަކުން ވަނީ ސަލާމަތްވެފައެވެ.

މި މައްސަލައިގެ ތަހުގީގަށް ޔޫއޭއީގެ ބަންދުގައި ބޭތިއްބުމަށްފަހު، މި ދެ ޕައިލެޓުން މިއަދު ރާއްޖެ ގެނެސްފައިވާއިރު، މިކަމާ ގުޅޭގޮތުން ދިވެހި ސަރުކާރުގެ ރަސްމީ އިދާރާއަކުން އަދި މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.