ޖަރުމަނު ބުންޑެސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކް ބަލިވިއިރު ބްރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗުން އެޓީމު ބަލިވެއްޖެއެވެ.
ބަޔާން ރޭ ކުޅުނު މެޗުން އެޓީމު އެއްވަރުވީ އެފްސީ ކޮލޯން އާއި ބައްދަލުކޮށް 1-1 ގެ ނަތީޖާއިންނެވެ.
ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 40 ވަނަ މިނެޓްގައި ޔޯޝުއާ ކިމިޗް ވަނީ ލަނޑެއް ޖަހާ ބަޔާންއަށް މެޗުގެ ލީޑުނަގާދީފައެވެ.
ނަމަވެސް ދެވަނަ ހާފްގައި ކޮލޯންގެ ފަރާތުން ރަނގަޅުކުޅުމެއް ފެނިގެން ދިޔައިރު ބަޔާންގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 64 ވަނަ މިނެޓްގައި ކޮލޯން ވަނީ ލަމޑެއް ޖަހާ ނަތީޖާ ހަމަހަމަ ކިށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެންތޮނީ އެވެ.
މި ލަނޑުގެ އިތުރުން ވެސް މެޗުން މޮޅުވާން ރަނގަޅު ފުރުސަތުތަކެއް ވެސް މި ހާފުގައި ކޮލޯންއަށް ވަނީ ލިބިގެން ގޮސްފައެވެ. މިއީ މި ފަހަރުގެ މި ސީޒަނުގައި ޖަރުމަނު ބަޔާންއަށް މެޗަކުން މޮޅުނުވެވި އެއްވަރުވި ފުރަތަމަ މެޗެވެ.
ލީގުގައި ބްރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗުން އެޓީމު ރޭ ބަލިވީ ބަޔާ ލެވަކޫސަންއާއި ބައްދަލުކޮށް 0-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ލެވަކޫސަންގެ ފަރާތުން މޮޅުކުލުމެއް ފެނިގެން ދިޔައިރު އެޓީމުން ގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ ފޯވާޑް ހާވިއޭ ހަނާންޑޭޒް އާއި މެހްމެދީއެވެ.
މި ނަތީޖާއާ އެކު މިވަގުތު ލީގުގެ އެއްވަނައިގައި 16 ޕޮއިންޓާއެކު ބަޔާން މިޔުނިކް އޮތްއިރު ދެވަނައިގައި 13 ޕޮއިންޓާއެކީ ހާތަ ބާލިން އެވެ. ތިންވަނާގައި 12 ޕޮއިންޓާއެކު އޮތީ ޑޯޓްމަންޑެވެ.