ކުށުސަޖިދައިގެ ޙުކުމްތައް

ކުށުސަޖިދައަކީ: ނަމާދުގެ ތެރޭގައި ހަނދުމަނެތި ކުރެވޭ އުނިކަންތަކުން ސަލާމަތްވުމަށްޓަކައި ނަމާދުކުރާމީހާ ކުރާ ދެސަޖިދައެވެ.

އިތުރުވުން

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ
  • ނަމާދަށް ހުއްޓާ ހަނދާންނެތި ޤިޔާމެއް، އިށީނުމެއް، އަދި ރުކޫޢެއް ނުވަތަ ސުޖޫދެއް އިތުރުވުން
  • ނަމާދު ފުރިހަމަވުމުގެ ކުރިން ހަންދާންވެފައިނުވާނަމަ، ސަލާމްދިނުމަށްފަހު ކުށުސަޖިދަޖެހުން މެނުވީ ނުވެއެވެ.
  • އިތުރުވެއްޖެކަން ހަނދާންވީ ނަމާދުގެތެރެއިން ކަމުގައިވާނަމަ އަވަހަށް ރުޖޫޢަވެ، ސަލާމްދިނުމަށްފަހު ކުށުސަޖިދަޖަހަންވާނެއެވެ.
  • ނަމާދު ފުރިހަމަވުމުގެކުރިން ހަނދުމަނެތި ސަލާމްދެވުން
  • ގިނައިރުތަކެއްވުމުގެ ކުރިން ހަނދާންވެފައިނުވާނަމަ އަލުން ނަމާދުކުރުން
  • ސަލާމްދިނުމަށްފަހު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހަނދާންވެފައިވާނަމަ ނަމާދުފުރިހަމަކޮށް ސަލާމްދިނުމަށްފަހު ކުށުސަޖިދަޖެހުން

އުނިވުން

  • ރުކުނެއް އުނިވުން
  • ހަށަންބަން ތަކްބީރުކަމުގައިވާނަމަ ނަމާދު ޞައްޙައެއް ނުވާނެއެވެ.

ހަށަންބަން ތަކްބީރުކަމުގައި ނުވާނަމަ:

  • ފުރަތަމަ ރަކްޢަތުން އުނިވި ރުކުނާއި ހަމައަށް ދެވަނަ ރަކްޢަތުގައި ވާޞިލުވެއްޖެނަމަ، ރުކުން އުނިވި ރަކްޢަތް ބަލައިނުގަނެވޭނެއެވެ. ދެން އެއަށްފަހު ފުރިހަމަކޮށް ސަލާމްދިނުމަށްފަހު ކުށުސަޖިދަ ޖަހާނީއެވެ.
  • ފުރަތަމަ ރަކްޢަތުން އުނިވި ރުކުނާއި ހަމައަށް ދެވަނަ ރަކްޢަތުން ވާޞިލުނުވެވޭނަމަ، އުނިވި ރުކުނަށް ރުޖޫޢަވެ އެރުކުން އަދާކުރުމަށްފަހު ނަމާދު ފުރިހަމަކޮށް ސަލާމްދިނުމަށްފަހު ކުށުސަޖިދަޖެހާނީއެވެ.
  • ނަމާދުގެ ވާޖިބެއް އުނިވުން
  • ނަމާދުކުރާ މީހާ ހަނދާންނެތުމުގެ ސަބަބުން ނަމާދުގެ ވާޖިބެއް ދޫކުރެވިއްޖެނަމަ
  • އޭނާ އެމަޙައްލެއްގައި ވަނިކޮށް ހަނދާންވެއްޖެނަމަ އެވާޖިބުގެނައުމުން ނިމުނީއެވެ.
  • އޭނާގެ މަޙައްލުންވަކިވެ ޖެހިގެން އޮތް ރުކުނަށް ވާޞިލުނުވެނޭނަމަ ކުރީގެ މަޙައްލަށް ރުޖޫޢަވެ އުނިވި ވާޖިބު އަދާކޮށް ނަމާދު ފުރިހަމަކުރުމަށްފަހު ސަލާމްދީފައި ކުށުސަޖިދަޖަހާނީއެވެ.
  • ޖެހިގެން އޮތް ރުކުނަށް ވާޞިލުވުމަށްފަހު ވާޖިބެއް އުނިވެއްޖެކަން ހަނދާންވެއްޖެނަމަ އުނިވި ވާޖިބު އަދާކުރުމަށް އެނބުރިދިއުމަކާއި ނުލައި ނަމާދު ފުރިހަމަކޮށް ސަލާމްދިނުމުގެކުރިން ކުށުސަޖިދަޖަހައި ސަލާމްދޭނީއެވެ.

 ނަމާދުގެ ރުކުންތައް:

  • ކުޅަދާނަވެގެންވާ މީހާ ނަމާދަށް ކޮޅަށްހުރުން
  • ހަށަމްބަން ތަކްބީރުކިޔުން
  • ސޫރަތުލް ފާތިޙާ ކިޔުން
  • ރުކޫޢުކުރުން
  • ރުކޫޢުން ތެދުވުން
  • ހަތް ގުނަވަނުގައި ސަޖިދައަށް އޮތުން
  • ސަޖިދައިންތެދުވުން
  • ދެސަޖިދަ ދެމެދު އިށީނދެއިނުން
  • އެންމެހައި ރުކުންތަކެއްގައި ހަމަޖެހިލުން
  • ހަމަޖެހިލުމަށްޓަކައި އިށީނުން
  • ފަހު އައްތަޙިއްޔާތު ކިޔުން
  • ރަސޫލާގެ މައްޗަށް ޞަލަވާތްކިޔުން
  • ސަލާމްދިނުން
  • ތަރުތީބުކުރުން

ނަމާދުގެ ވާޖިބުތައް

  • ހަށަމްބަން ތަކްބީރު ފިޔަވައި އެންމެހައި ތަކްބީރުތައް
  • އިމާމާ އާއި މައުމޫމުން سمع الله لمن حمده ކިޔުން
  • އިމާމާ އާއި މައުމޫމުން ربنا ولك الحمد ކިޔުން
  • ދެސަޖިދަ ދެމެދުގައި ربي اغفر لي ކިޔުން
  • ރުކޫޢުގައި سبحان ربي العظيم ކިޔުން
  • ސަޖިދައިގައި سبحان ربي الأعلى ކިޔުން
  • ފުރަތަމަ އައްތަޙިއްޔާތު ކިޔުން

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.