ފިހާރައަކަށް ނުގޮސް ބޭނުން އެއްޗެއް ރާއްޖޭގެ ހުރިހާ ގޯއްޗަކަށް ގެނެވޭއިރު ފިހާރައަށް ދާންވީ ކީއްވެ؟

ތިޔަ އުޅެނީ އެއްޗެއް ބޭނުން ވެގެން ހެއްޔެވެ؟ ގަންނަން ނުލިބިގެން ހެއްޔެވެ؟ ބޭނުންވާ ކުލަ ނެތީ ހެއްޔެވެ؟ ހެޔޮވަރު ސައިޒެއް ނުފެނިގެން ދޯއެވެ؟ އަގުތައް މާފަލަ ހެއްޔެވެ؟ ގަންނަ އެތީގެ ގޮތުން ސޭޓު ކަޅިއަޅާތީ ލަދުން ހެއްޔެވެ؟ ގޯތި ހުރިހާ ކުޑަކުދިންނަށް އެއްވަތަރެއްގެ ހެދުމާ ބޫޓާ ފައިވާން އެކި ސައިޒުން ނުލިބުނު ދޯއެވެ؟ ރަށުގަ ލިބެން ނެތް ހެއްޔެވެ؟

މިހާރު ތި ހުރިހާ ކަމަކަށް އަވަސްކާޓުން ވަނީ ޙައްލު ހޯދައިދީފައެވެ. ގަތީމަ ގޯއްޗަށެވެ. ލާރިވެސް ދައްކަން ޖެހެނީ ގަތް އެއްޗެއް ވިއްޔާ ގޯއްޗަށް ލިބުނީމައެވެ. އެއީ ހއ ތުރާކުނަސް، ހދ މަކުނުދޫ ނަމަވެސް ބ ގޮއިފުޅަ ފެހެންދޫ ވިޔަސް އައްޑޫ ސިޓީގެ ގަމަށް ވިޔަސް މައްސަލައެއް ނެތެވެ. ކަސްޓަމަރު ހުރިތާކަކަށް ގަންނަ އެއްޗެއް ވިއްޔާ ފޮނުވައިދެނީ މުޅިން ހިލެއެވެ. އެހެންވީމަ ވިޔަފާރިކުރަން މިހާރު ކޮންމެހެން ތާކަށް ދާކަށް ނުޖެހެއެވެ. ހުރިހާ އެއްޗަކަށް އަތް ފޯރައެވެ. މޮބައިލް ފޯނަށް އަވަސްކާޓް އެޕް އަޅާލުމަށްފަހު އިނގިލި ކުރިން ކޮއްޓާލީމާ އެ ނިމުނީއެވެ. ގަނެވުނީ އެވެ. އެއީ ސިންގަޕޫރުންތޯ، ޗައިނާ އިން ތޯ، މެލޭޝިޔާއިންތޯ ނުވަތަ ކުޅުދުއްފުށިންތޯ ބަލާނެ ކަމެއް ނެތެވެ. ގަންނަ ހުރިހާ އެއްޗެއް ސީދާ ގޯއްޗަށެވެ!

އިޝްތިހާރު Below Header ad

އަވަސްކާޓް ޑޮޓް އެމްވީ އަކީ ފަހަކަށް އައިސް ދިވެހި ވިޔަފާރީގައި ތަޢާރަފު ކުރެވުނު އެންމެ ތަފާތު އޮންލައިން ވިޔަފާރި ވެބްސައިޓެވެ. އެންޑްރޮއިޑަކަސް، އައިފޯނަކަސް މޯބައިލް ފޯނުން ނުވަތަ ޓެބްލެޓުން އެޕެއް އަޅާލައިގެން ވިޔަސް، ނުވަތަ ސީދާ ވެބްސައިޓަށް ވަނުމަށްފަހު ރާއްޖެ އާއި ބޭރު ޤައުމު ތަކުގެ ފިހާރަ ތަކުގައި ހުންނަ މުދަލުގެ ތެރެއިން އިނގިލިކުރިން ކާޓަށް އަޅާ އައިޓަމްތައް ކޮންމެ ރަށެއްގެ ކޮންމެ ގޯއްޗަކަށް ގެންގޮސްދިނުމަކީ އެތައް ގުނައަކުން ވަރަށްބޮޑު ފަސޭހައެކެވެ.

މި ވެބްސައިޓް ލޯންޗް ކުރުމާއި އެކު މިފަދަ އެހެން ވެބްސައިޓް ތަކަށް ޖެހުނު ދަތުރު މި ސައިޓަށްވެސް ނުޖެހި ނުދާނެ ކަމަށް އެއްބަޔަކު ބުނަމުން ދިޔައީ އަވަސްކާޓް ފަދައިން ޖޯޝާއި ފޯރީގައި އެކި ނަންނަމުގައި ފެށި ވެބްސައިޓުތައް މިއަދު ވުޖޫދުގައި ނެތުމުން ކަމަށް ވެދާނެ އެވެ.

އެހެން ނަމަވެސް އަވަސްކާޓުން ވަނީ އެންމެ ދަތި އުނދަގޫ ހަރުފަތްތައް ގިރާކޮށް މި ވިޔަފާރި އަކީ ދިވެހި ރާއްޖޭގެ މުސްތަޤްބަލުގެ ވިޔަފާރީގެ މައިދާންކަން ސާބިތު ކޮށްދީފައެވެ.

އަވަސްކާޓް ޑޮޓް އެމްވީން މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މި ވެބްސައިޓް ރަސްމީ ކޮށް ލޯންޗް ކުރުމަށްފަހު ފާއިތުވީ ދުވަސްތަކުގައި ރާއްޖޭގެ އެކި ރަށްރަށުގެ ރައްޔިތުން ރާއްޖެއާއި ރާއްޖެއިން ބޭރުން ގިނަ ޢަދަދެއްގެ ވިޔަފާރި ކޮށްފައި ވާކަމަށެވެ.

އެގޮތުން އަމިއްލަ ރަށުގައި އަމިއްލަ ގޭގައި ތިބެގެން ޗައިނާ އާއި ސިންގަޕޯރ އަދި މެލޭޝިޔާ އާއި އޮސްޓްރޭލިޔާގެ އިތުރުން ދުބާއީގެ ފިހާރަ ތަކާއި ފެކްޓްރީ އައުޓްލެޓްތަކުން ކޮށްފައިވާ ވިޔަފާރި ތަކުގެ މުދާ ސީދާ ރާއްޖޭގެ ރަށްރަށަށުގެ ގޯއްޗަށް ކާމިޔާބު ކަމާއި އެކު ގެންގޮސްދީފައި ވާކަމަށެވެ.

އަދި ރާއްޖޭގެ އެކި ކަންކޮޅު ތަކުން މި ވިޔަފާރީގައި ބައިވެރިވެފައިވާ ފިހާރަ ތަކުގެ ތެރެއިން ޙަރަކާތްތެރި ކަމާއި އެކު ވެބްސައިޓްގައި ހިންގާ ވިޔަފާރިތައް ކާމިޔާބު ކަމަށް އަވަސްކާޓުން މަޢުލޫމާތު ދީފައި ވެއެވެ. އެގޮތުން ހދ ކުޅުދުއްފުށީ “ބަރާބަރު” ފިހާރައިން ވެބްސައިޓުގައި ޑިސްޕްލޭކުރި ގިނަ މުދާ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅު ތަކުން ގަތުމާއި އެކު ހުސްވިކަން ވަކިން ފާހަގަ ކޮށްފައި ވެއެވެ.

އަވަސްކާޓުން ވިޔަފާރި ކުރަން އެހާ ފަސޭހަތަ؟

އަވަސްކާޓުން ވިޔަފާރި ކުރުމަށް ކަނާތްފަރާތު މަތީ ކަނުން ލޮގިން ނުވަތަ މައި އެކައުންޓަށް ގޮސް “ރެޖިސްޓަރ” ލިންކުގެ ތެރެއިން ވެބްސައިޓްގައި ރެޖިސްޓްރީ ވެލަންޖެހެއެވެ. ރަޖިސްޓްރީ ވުމުން ސައިޓަށް ލޮގިން ވެލުމަށްފަހު އައިޓަމްތަކުގެ ތިރިން ފެންނަ ބާސްކެޓް ނުވަތަ ކާޓަށް ގަންނަން ބޭނުންވާ ހުރިހާ ސާމާނެއް ( އެޑްކުރުން ) އަޅާނިމުމުން ބާސްކެޓް ނުވަތަ ކާޓަށް ފިތާލުމުން އެއްކުރެވުނު އައިޓަމް ތަކުގެ ތަފްސީލު ފެނެއެވެ. އަދި އެ ބާސްކެޓް ނުވަތަ ކާޓަށް ކޮންމެހެން ބޭނުން ނޫން އައިޓަމެއް ލެވިފައި އޮތް ނަމަވެސް ފަސޭހައިން އުނި (ރިމޫވް) ކޮށްލެވެއެވެ. އޭގެ ފަހުން ޗެކްއައުޓް ކޮށްލުމުން އަންނަ ވިންޑޯއިން ބިޔަފާރީގެ އެއްބަސްވުމުގައި ފާހަގަ ޖަހާލުމަށްފަހު ޕްރޮސެސް ކޮށްލުމުން އޯޑަރު ދެވުނީއެވެ. އޯޑަރު ދޭތާ 24 ގަޑިއިރުގެ ތެރޭގައި އަވަސްކާޓުން ގުޅައި އެ އޯޑަރެއްގެ ސައްޙަކަން ކަށަވަރު (ކޮންފާމް) ކުރާނެއެވެ.

އަގު އަދާކުރުން… ކިހިނެއް؟

އަވަސްކާޓުން ވިޔަފާރި ކުރުމަކީ އެއްވެސް ރިސްކެއް ކަސްޓަމަރު އުފުލަން ޖެހޭ ގޮތަށް އޮތް ވިޔަފާރިއެއް ނޫނެވެ. މިއީ އަވަސްކާޓުން ވިޔަފާރި ކުރާ ފަރާތްތަކަށް ލިބޭނެ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުމެވެ.

އެހެނީ އަވަސްކާޓުން މުޅި ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ގޯއްޗަކަށް ޑެލިވަރ ކޮށްދެނީ މުޅިން ހިލޭ ކަމަށްވާއިރު އަވަސްކާޓުން ގަންނަ މުދަލަށް ފައިސާ ދައްކަން ޖެހެނީ އެ މުދަލެއް އަތަށް ލިބުމުންނެވެ.

މުދާގެންނަން ކިހާ މުއްދަތެއް؟

އަވަސްކާޓުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފިހާރަތައް ހިމެނޭއިރު ގަންނަ މުދާ ވިއްކަނީ ކޮން ފިހާރައަކުންތޯ ބަލާލުން ބުއްދިވެރި އެވެ.
އެއީ ޑެލިވަރީ މުއްދަތު ބިނާވެފައި ވަނީ ގަންނަ އައިޓަމް ހުރި ފިހާރަ ހުންނަ ރަށެއްގެ އިތުރުން ފޮނުވަން ޖެހޭ ރަށަކަށް ބަލާފައެވެ.

ރަށުން ރަށަށް 24 ގަޑިއިރުގެ ތެރޭގައި އަވަސްކާޓުން ގަންނަ މުދާ ފޯރުކޮށްދޭއިރު، ރަށުން އެހެން ރަށަކަށް ނުވަތަ ރާއްޖެއިން ބޭރުން ރަށްރަށަށް ގެންގޮސްދޭ މުއްދަތުގައި ތަފާތު ތަކެއް ހުރެއެވެ. އެހެން ނަމަވެސް އަވަސްކާޓު މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ޤައުމަކުން ގަންނަ ކޮންމެ މުދަލެއްވެސް ބަންދު ދުވަސްތައް ނުހިމަނާ އެންމެ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ފޯރުކޮށް ދެވޭނެ ކަމަށް އަވަސްކާޓުން ބުނެއެވެ.

އަވަސްކާޓުން ގަންނަ ތަކެތި ޑެލިވަރީ ކޮށްދޭގޮތުގެ ތާވަލު ބެއްލެވުމަށް . . .

އަވަސްކާޓުން ކާމިޔާބު ކަމާއި އެކު މިހާތަނަށް ރާއްޖޭގެ 120 ރަށެއްގައި ސީދާ ގޯއްޗަށް މުދާ ފޯރުކޮށްދީފައި ވާއިރު އަވަސްކާޓުން އުއްމީދު ކުރަނީ ކުރިޔަށް އޮތް ދުވަސްތަކުގައި މުޅި ރާއްޖޭގެ ހުރިހާ ރަށަކުންވެސް އެ ވެބްސައިޓް މެދުވެރިކޮށް ވިޔަފާރި ކުރާނެ ކަމަށެވެ. މިއީ އަމިއްލަ ރަށުގައި އަމިއްލަ ގޭގައި ތިބެގެން ކޮންމެ ވަގުތަކު ވެސް ހެޔޮ އަގުގައި ވިޔަފާރި ކޮށްލެވޭ ފައިދާހުރި ޚިދުމަތެކެވެ. އަދި މިއީ ބޮޑު އަގުގައި މަދު ވިޔަފާރި ތަކަކުން ނަގަމުން ގެންދާ ފައިދާ އަށް ނިމުމެއް ގެނެސްދީ ވަކިން ޚާއްޞަ ކޮށް ރަށްރަށުގެ ރައްޔިތުންނަށް ހިނިތުންވުން ގެނުވައިދިން ޚިދުމަތަކަށް މިވަނީ ވެފައެވެ.

އަވަސް ކާޓު ފޭސްބުކް

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.