ބަންގާޅު ސިފައިން ދިޔަވަމުންދާ ބޮއްކުރާ ތަކުގައި ރޮހިންޔާ މުސްލިމުން ކާނެ، ބޯނެފަދަ ނެތް ޙާލުގައި ކަނޑަށް ބޭރުކުރަނީ!

ބަންގާޅު ސިފައިން ދިޔަވަމުންދާ ބޮއްކުރާ ތަކުގައި ރޮހިންޔާ މުސްލިމުން ކާނެ، ބޯނެފަދަ ނެތް ޙާލުގައި ކަނޑަށް ބޭރުކުރަނީ އިސްލާމިއްޔަތު ކަމެއް ނެތްތާނގައި އިންސާނިއްޔަތު ކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތް ޙާލުގައެވެ.

ނުބައި ނުލަފާ އަންހެނަކު ޤައުމުގެ ވެރިކަމަށް އިސްކޮށްގެންތިބި ބަންގާޅު ރައްޔިތުންނަށް ވެސް ރަޙުމެއް ނުހުންނަ ބަންގާޅު ސިފައިން މަރަނީ ހަމައެކަނި އެ ޤައުމުގެ މުސްލިމުންނާ ދީނީ ދަންނަބޭކަލުން އެކަންޏެއް ނޫނެވެ.

އިޝްތިހާރު Below Header ad

އެކަން ހާމަވަނީ ވަގަށް ބަންގާޅަށް މިހާތަނަށް އެތެރެވެވުނު މަދު ރޮހިންޔާއިންގެ ވާހަކައިންނެވެ. މުސްލިމު އަޚުން ކަމަށްވާ ބަންގާޅު ސިފައިން ޙަޤީޤަތުގައި ހަރުބީ ކާފަރު ބުޑިސްޓް ފާދިރީންނަށް އަނިޔާވެރިކަމުގައި ތަންފުކެއްވެސް ދޫނުކުރެއެވެ.

ކުޑަ ކުދިންނާއެކު ބަންގާޅަށް ވަގަށް އެތެރެވި ސަތޭކައެއްހާ ރޮހިންޔާ މުސްލިމުން މާސިންގާ ކަނޑަށް ނެރެ ދޫކޮށްލީ ބަންގާޅު ކޯސްޓްގާޑުގެ ބެލުމުގެ ދަށުންދިޔަވަމުން ދިޔަ ކުދިކުދި ބޮއްކުރާ ތަކެއްގައި އަޑިޔަށްދާ ވަރަށް މީހުން އަރުވާ ބަރާކޮށްގެންނެވެ.

ދިޔަހިއްކުމުގައި އެންމެން ވަރުބަލިވެ އޮޑި އަޑިޔަށްދާނީ ކިހާއިރަކުން ކަމެއް ނޭނގެއެވެ. އޮޑީގައި ކާނެ ބޯނެ އެކައްޗެއްވެސް ނެތެވެ.

މިއީ އަދި ބައިނަލް އަޤްވާމީ މީޑިޔާ ތަކުގެ ކުރިމަތީގައި ކެމެރާތަކަށް ބަލަންތިބެގެން މިމީހުން ހިންގާލި ޖަރީމާއެކެވެ.

އެވަރުންވެސް މި ބަންގާޅު ސަރުކާރާ ސިފައިންނަށް ކިޔަންވީ ހަމަ މުސްލިމުންނޭ ހެއްޔެވެ؟

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.