ވެލެންސިއާގެ މައްޗަށް ކުރިހޯދާ ޔުނައިޓެޑް ވިކްޓަރީ ގަދަ ހަތަރަކަށް ޖެހިލައިފި.

ކުލަބް ވެލެންސިއާގެ މައްޗަށް ކުރިހޯދާ އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ގަދަ ހަތަރަކަށް ޔުނައިޓެޑް ވިކްޓަރީ އަރައިފިއެވެ.

ރޭ ކުޅު މިމެޗުން ޔުނައިޓެޑް ވިކްޓްރީ ވެލެންސިއާގެ މައްޗަށް ކުރިހޯދީ 0-1 ގެ ނަތީޖާއިނެވެ.

އިޝްތިހާރު Below Header ad

މިއީ ލީގުގައި ޖެހިޖެހިގެން ވެލެންސިއާ ބަލިވި ހަތަރު ވަނަ މެޗަށް ވާއިރު މި ބުރުގައި މިހާތަނަށް ކުޅުނު ފަސް މެޗުގެތެރެއިން ހަތަރު މެޗުން އެޓީމުވަނީ ބަލިވެފައެވެ.

އެހެން ކަމުން ވެލެންސިއާ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެއީ ވިކްޓަރީއާ ފެކޮޅަށް ކުޅެ އެއްވަރުވި މެޗުން ލިބުނު ހަމައެކަނި ޕޮއިންޓެވެ.

ރޭގެ މެޗުން ވެލެންސިއާ އަތުން މޮޅުވުމުން ޔުނައިޓެޑް ވިކްޓަރީ އަށް ވަނީ ޖުމްލަ 23 ޕޮއިންޓް ލިބިފަ އެވެ. މި މެޗުގެ މޮޅާއެކު ޔުނައިޓެޑު ވިކްޓްރީ ހަތަރުވަނަ މަގާމަށް ޖެހިލިއިރު ވެލެންސިއާ މިހާރު ވަނީ ފަސް ވަނައަށް ވެއްޓިފައެވެ. ވެލެންސިއާ ފަސްވަނާގައި އޮތީ ޖުމްލަ 20 ޕޮއިންޓާއެކުގަ އެވެ. 19 ޕޮއިންޓް ލިބިފައިވާ ނިއުރޭޑިއަންޓް އޮތީ ތާވަލްގެ ހަ ވަނާގައެވެ.

ޔުނައިޓެޑް ވިކްޓަރީން އެޓީމު ޖެހި ހަމައއކަނި ލަނޑު ޖަހާ ލީޑް ނެގީ މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓްގައެވެ.

މިމެޗުން ވެލެންސިއާ ބަލިވިނަމަވެސް އެޓީމަށް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ގޮސްފައެވެ.

މި މެޗުގައި ވެލެންސިއާގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުކުޅޭކަން ފާހަގަކޮށްލެވެއެވެ. އޭގެތެރޭގައި ސްޕޭން ފޯވަޑް އެންޖެން ކަރެސްކޯޒާ މުނޯޒް އާއި މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ހަސަން އަދުހަމް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.