އެނަރޖީ ޕޮލިސީ އަދި އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ފޮތް ލޯންޗުކޮށްފި

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޠާރިޤް އިބްރާހީމް މޯލްޑިވްސް އެނަރޖީ ޕޮލިސީ އެންޑް ސްޓްރަޓަޖީ އަދި އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް ލޯންޗުކޮށްދެއްވައިފިއެވެ.

“އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2016” ފޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކަރަންޓު ޚިދުމަތް ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ނިޒާމުތަކުގެ މުހިއްމު މަޢުލޫމާތުތަކާއި ހަކަތައިގެ ދާއިރާއަށް ބޭނުންތެރި ގިނަ މަޢުލޫމާތު ތަކެއް ހިމެނިފައިވެއެވެ. މީގެކުރިން “މޯލްޑިވްސް އެނަރޖީ އައުޓްލުކް ފޮރ އިންހެބިޓަޑް އައިލެންޑްސް 2013” ނަމުގައި މި ސިލްސިލާގެ ފުރަތަމަ ފޮތް ވަނީ މިނިސްޓްރީއިން ޝާއިޢުކުރެވިފައެވެ.

އިޝްތިހާރު Below Header ad

އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ 2016 ގެ ތަފާސްހިސާބު ދައްކާގޮތުން 2015 ވަނަ އަހަރުގެތެރޭގައި 506,334 މެޓްރިކް ޓަނުގެ ތެޔޮވަނީ ރާއްޖެއަށް އެތެރެކުރެވިފައެވެ. މީގެ އިތުރުން 2015 ވަނަ އަހަރު މީހުން ދިރިއުޅޭ ރަށްރަށުގައި ޖުމްލަ ބޭނުންކޮށްފައިވަނީ 551 ގިގަވޮޓްއަވަރގެ ކަރަންޓު ހަކަތައެވެ. މިއަދަދުގެ 56 އިންސައްތަ ބޭނުންކޮށްފައިވަނީ އެއަހަރު އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވާ މާލޭ ސިޓީގައެވެ. ވޭތުވެދިޔަ 10 އަހަރުގެތެރޭގައި ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހޯދިފައިވާ ކުރިއެރުންތަކާއި ކުރެވިފައިވާ ދިރާސާތަކުގެ މަޢުލޫމާތު ވެސް މިފޮތުގައި ހިމެނިފައިވެއެވެ.

“މޯލްޑިވްސް އެނަރޖީ ޕޮލިސީ އެންޑް ސްޓްރެޓަޖީ 2016” އަކީ ހަކަތައިގެ މައިގަނޑު 5 ސިޔާސަތާއި މި ސިޔާސަތުތަށް ތަންފީޒުކުރާނެގޮތުގެ ސްޓްރަޓެޖީތަށް އެކުލެވިފައިވާ ފޮތެކެވެ. މިގޮތުން އާއްމުކުރެވުނު ހަކަތައިގެ ސިޔާސަތު ހިމެނެނީ؛ ހަކަތައިގެ ދާއިރާގެ މުއައްސަސާތަކުގެ އޮނިގަނޑު ވަރުގަދަކޮށް ހިންގުން ހަރުދަނާކުރުމާއި، ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމާއި ހަކަތައިގެ އިސްރާފު ކުޑަކުރުމަށް ބާރުއެޅުމާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމާއި، ދެމެހެއްތެނިވި ގޮތެއްގައި އިތުބާރާއެކު އެންމެނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން ޤައުމީ ހަކަތައިގެ ޔަޤިންކަން ދަމަހައްޓައި އިތުރުކުރުމެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.