އދ. ގެ ޗެމްޕިއަންކަން މަހިބަދޫ އިން ހޯދައިފި.

މަންދޫގެ މައްޗަށް ކުރިހޯދާ ހޯދައި އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ އދ. އަތޮޅުގެ ޗެމްޕިއަންކަން މަހިބަދޫއިން ހޯދައިފިއެވެ.

މަހިބަދޫއިން މަންދޫގެ މައްޗަށް ކުރިހޯދީ 1-4 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.

އިޝްތިހާރު Below Header ad

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި މަހިބަދޫއިން ޖެހި ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 18 ވަނަ މިނެޓުގައި އަލީ ޝާލިމްއެވެ. މަހިބަދޫގެ ދެ ވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 28 ވަނަ މިނެޓްގައި މުހައްމަދު ޝާރިހްއެވެ.

ފުރަތަމަ ހާފު ނިމިގެން ދިޔައީ 2 ލަނޑުގެ ލީޑެއްގައި މަހިބަދޫ އޮވެގެންނެވެ.

ފަހުހާފަށް ކުޅެންނިކުމެ މަހިބަދޫއިން ޖެހި ތިން ވަނަ ލަނޑު 47 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަހްމަދު ރިފްއަތުއެވެ. މަހިބަދޫގެ ހަތަރު ވަނަ ލަނޑު ޖެހީ މުހައްމަދު ޖުނައިދުއެވެ.

މަންދޫއިން ޖެހި ހަމަ އެކަނި ލަނޑު ޖަހައިދިނީ ހަސަން އިރުޝާދުއެވެ.

މި މެޗުން މޮޅުވުމުން މަހިބަދޫ މިހާރު ވަނީ ޒޯން ބުރަށް ކޮލިފައިވެފައެވެ.


މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.