ސާފު ފެނަކީ ތިމާވެށި ރައްކާތެރި ކުރުމަށް ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެއް: މިނިސްޓަރ ތާރިޤް

ސާފު ފެނަކީ ތިމާވެށި ރައްކާތެރި ކުރުމަށް ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެއްކަމަށް އެންވަޔަރްމެންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީ.ޕީ.އޭ) ގެ ފަރާތުން 2017 ވަނަ އަހަރަށް ކަނޑައެޅި ޝިޢާރު އިފްތިތާޙް ކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ފަރާތުން ސާފު އަދި ރައްކާތެރި ފެން ފޯރުކޮށް ދިނުމަކީ ވަރަށް ބޮޑު އިސްކަމަކާއި އަހައްމިއްޔަތެއް ދެވިފައިވާ ކަމެއް ކަމަށާއި އެކަމަށް ގިނަގުނަ ޕްރޮޖެކްޓްތަކެއް ދަނީ ހިނގަމުން ކަމަށެވެ.

އިޝްތިހާރު Below Header ad

އީ.ޕީ.އޭގެ 8 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އީ.ޕީ.އޭ އިން ވަނީ 2017 ވަނަ އަހަރަށް ޝިޢާރެއް ކަނޑައަޅާ އެ ޝިޢާރުގެ ދަށުން އެ އަހަރު ތެރޭގައި ކެމްޕެއިން ހަރަކާތްތަކެއް ހިންގުމަށް ނިންމާފައެވެ. މި ގޮތުން މި އަންނަ އަހަރަށް ކަނޑައަޅާއިފައިވާ ޝިޔާރަކީ:

“ދުޅަހެޔޮ ވެއްޓަކަށް ސާފުފެން” “Clean Water for a Better Environment” އެވެ.

މި ޝިޢާރަކީ ދެމެހެއްޓެނިވި ތަރައްޤީގެ 6 ވަނަ ލަނޑު ދަނޑި “ސާފު ފެނާއި ނަރުދަމާ” އާއި ދެމެހެއްޓެނިވި ތަރައްޤީގެ 14  ވަނަ ލަނޑުދަނޑި “ފެނުއަޑީގެ ދިރުން” އަދި ދެމެހެއްޓެނިވި ތަރައްޤީގެ 15 ވަނަ ލަނޑުދަނޑި” އެއްގަމުގެ ދިރުން” މި ކަންކަން ހިމެނޭ ގޮތައް ތައްޔާރު ކުރެވިފައިވާ ޝިޢާރެކެވެ.

މި ޝިޢާރުގެ ދަށުން މި އަންނަ އަހަރުގައި ސްކޫލް ކުދިންނަށާއި ކައުންސިލްތަކަށާޢި ޖަމްޢިއްޔާތަކަށާއި  ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އަންނަ އަހަރު މި ޝިޢާރާއި ގުޅުންހުރި ސަރުކާރުގެ އެހެނިހެން ވުޒާރާތަކާ ގުޅިގެން މަސައްކަތްތައް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

2017 ވަނަ އަހަރަށް މި ޝިޢާރު ކަނޑައެޅުމުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ސާފު އަދި ރައްކާތެރި ފެން ބުއިމަށް ބޭނުން ކުރުމުގެ މުހިއްމު ކަމާއި އެއްގަމު އަދި ކަނޑުގެ ދިރުންތަކަށް ސާފު ފެނުގެ މުހިއްމުކަން އަދި ބިމުގެ ފެން ރައްކާތެރިކުރުމުގެ މުހިއްމުކަން ހިމެނެއެވެ.

މީގެ އިތުރުންވެސް އީ.ޕީ.އޭ ގެ އަހަރީ ދުވަހާއި ގުޅިގެން މުވައްޒަފުންގެ މެދުގައި އުކާލެވޭ ތަކެތި ބޭނުންކޮށްގެން އެއްޗެހި ހެދުމަށް “ރިސައިކަލް ޗެލެންޗެއް” ވަނީ ބާއްވާފައެވެ.

EPA Ahareedhuvas 18.12.2016

އީ.ޕީ.އޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީގައި ބޭއްވީ ޚާއްޞ ހަފްލާގައި އީ.ޕީ.އޭ ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރަކުވެސް އީ.ޕީ.އޭ އިން ވަކި ޝިޢާރެއްގެ ދަށުން ތިމާވެއްޓާ ގުޅުން ހުރި ކަންކަމާ މެދު ރައްޔިތުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އަދި ރީސައިކަލް ޗެލެންޖަކީ އުކާލުމަށް ނެގޭ ތަކެތި ބޭނުންކޮށްގެން ފައިދާ ކުރަނިވި ތަކެތި އުފެއްދިދާނެ ކަމުގެ ނަމޫނާ މުވައްޒަފުން ދައްކައިދިން ހަރަކާތެއްކަމަށް ނަޢީމް ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.