މާޒިޔާ މޮޅުވިޔަނުދީ ބީޖީން ހިފަހައްޓައިފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ބީޖީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މާޒިއާ އަދި ބީޖީ ބައްދަލުކުރި މި މެޗު އެއްވަރުވެގެން ނިމުނީ 2-2 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު Below Header ad

އެ މެޗުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަދި މާޒިޔާގެ މުހިންމު ފޯވަޑް އަލީ އަޝްފާގު (ދަގަނޑޭ) ކުޅެފައި ނުވާކަން ފާޖަގަކޮށްލެވެއެވެ.

ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ ފުރަތަމަަ ލަނޑުޖަހާ މެޗުގެ ލީޑުނެގީ މާޒިއާއިންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި މި ލަނޑު މާޒިއާއަށް ކާމިޔާބުކޮށްދިނީ އަހްމަދު ނާޝިދު (ނައްޓޭ) ދިން ބޯޅައަކުން އަސަދުﷲ އަބުދުﷲ (އަސައްކޮ) އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ  ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި  ހުސްކޮށް ހުރެގެންނެވެ.

އެ ލަނޑަށްފަހު ބީޖީ އަށް ވެސް ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ބީޖީގެ އަހްމަދު ޖައިލަމް އާއި ޑޭވިޑް އޮސަގިއޭ އަޑެލެކޭ އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ މާޒިޔާ ކުރީގައި އޮވެގެންނެވެ.

މާޒިއާ އެޓީމުގެ ދެވަނަ ލަނޑުޖަހާ ލީޑު ފުޅާކުރީ މެޗުގެ ދެ ވަނަ ހާފުގެ 55 ވަނަ މިނެޓުގައެވެ. މި ލަނޑުކާމިޔާބު ކޮށްދިނީ އިސްމާއިލް އީސަ ދިން ބޯޅައަކުން އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އަސައްކޮއެވެ.

ބީޖީން އެޓީމުގެ ފުރަތަމަ ލަނޑުޖަހާ ފަރަގު ކުޑަކުރީ މެޗުގެ 67 ވަނަ މިނެޓުގައި  ކިންގްސްލީ އެލެޗީ ދިން ބޯޅައަކުން  ކެޕްޓަން އިބްރާހިމް ޝިޔާމް (ދޮނާ) އެވެ.

ބީޖީން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗު ގެ 84 ވަނަ މިނެޓުގައެވެ. މި ލަނޑަކީ މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އިބްރާހިމް ރަޝީދަށް ސަމްދޫހު މުހައްމަދު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ބީޖީ ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ކިންގްސްލީ އެލެޗީއެވެ.

މި ނަތީޖާއާ އެކު ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާ އަށް ކުޅުނު 19 މެޗުން 44 ޕޮއިންޓް ލިބިފައިވާ އިރު ބީޖީ އަށް ވަނީ އަދިވެސް ރެލިގޭޝަންގެ ބިރާ ކުރިމަތިލާން ޖެހިފައެވެ. ކުޅުނު 19 މެޗުން ލިބުނު 13 ޕޮއިންޓާއެކު ތާވަލުގެ އެންމެ ފުލުގައި ބީޖީ އޮތް އިރު ކުޅުނު 19 މެޗުން ލިބުނު 16 ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިރޭ 9:00 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ކްލަބު ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.