އީގަލްސް އަނެއްކާވެސް ތާވަލްގެ ދެވަނަ އަށް…

 

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދާ ލީގް ތާވަލުގެ ދެ ވަަނަ އަށް އީގަލްސް ޖެހިލައިފިއެވެ.

އިޝްތިހާރު Below Header ad

އީގަލްސް ނިއުރޭޑިއެންޓްގެ މައްޗަށް ކުރިހޯދާފައިވަނީ 0-1 ގެ ނަތީޖާއިން ނެވެ.

ފޯރިގަދަ އަވަސް ކުޅުމެއް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންޔައިރު މެޗުގެ ފުރަތަމަ ހާފުގެ ކުޅުންނިމުނުއިރު ދެޓީމުންކުރެ އެއްވެސްޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއްނުވެއެވެ.

އެއްވަރެއްގައި އޮވެ ފުރަތަމަ ހާފުނިމުނުއިރު ފަހުހާފަށް ކުޅެންނިކުމެ މެޗުގެ 63 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ރިސްޓޭއެވެ.

އީގަލްސް އަށް، ކުރިން ދެ ވަނަ މަގާމު ގެއްލުނީ އެންމެ ފަހުން ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ތިން ވަނައިގައި އޮތް ޓީސީ ކުޅުނު މެޗުން މޮޅުވުމުންނެވެ. މެޗުން ނިއު މޮޅުވި ނަމަ އެޓީމަށް ގަދަ ހަތަރެއްގެ ޖާގަ ލިބިގެންދާނެ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.