ސީބީޑީ ކޮޕް17ގެ ފައިނޭންސިންގ ބައްދަލުވުމުގައި މިދުހަތު ބައިވެރިވެވަޑައިގެންފި

ސީބީޑީ ކޮޕް17 ގެ ހަވާސާގައި ބޭއްވި ދެމެހެއްޓެނިވި ފައިނޭންސިންގ ބައްދަލުވުމުގައި ޕޮލިސީ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް ބައިވެރިވެވަޑައިގެންފި އެވެ.

ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ (ސީބީޑީ) ގެ 17 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް17) ގެ ހަވާސާގައި ބޭއްވި މުހިންމު ހަވާސާ ބައްދަލުވުމެއްގައި ޕޮލިސީ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އަލްފާޟިލް މިދުހަތު ޢަބްދުއްރަޝީދު ބައިވެރިވެވަޑައިގެންފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިދުހަތު ބައިވެރިވެވަޑައިގެންނެވީ ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެންއެސްކެޕް) އާއި ސީބީޑީ ސެކްރެޓޭރިއަޓް ގުޅިގެން އިންތިޒާމުކުރި ”ބިލްޑިންގ އަ ސަސްޓެއިނަބަލް ފައިނޭންސް އިކޯސިސްޓަމް ޓު އެޑްރެސް ނޭޗަރ ރިސްކްސް އެންޑް ހާނަސް އޮޕޮޗޫނިޓީސް އިން އޭޝިއާ-ޕެސިފިކް އެންޑް ބިޔޯންޑް“ ނަމުގައި ބޭއްވި ޚާއްޞަ އިވެންޓުގަ އެވެ.

މި ބައްދަލުވުމަކީ މަރުކަޒީ ބޭންކުތަކާއި، މާލީ އިދާރާތައް ރެގިއުލޭޓްކުރާ ފަރާތްތަކާއި، ކޯޕަރޭޓްތައް އަދި ތިންވަނަ ފަރާތުގެ ޚިދުމަތްދޭ ފަރާތްތައް ގުޅިގެން ތަބީއީ ވެށްޓަށް ކުރިމަތިވާ ނުރައްކާތަކުން އަރައިގަތުމަށާއި ފުރުޞަތުތަކުގެ ބޭނުން ހިފުމަށް މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިދުހަތު ވަނީ، ތިމާވެށްޓާއި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމަށްޓަކައި މިހާރު ހޯދެމުންދާ މާލީ އެހީތެރިކަމަކީ ރާއްޖެއަށް އެކަށީގެންވާ މިންވަރަށްވުރެ ކުޑަ މިންވަރެއްކަން ފާހަގަކުރައްވާފައެވެ. އަދި ގައުމަށް ބޭނުންވާ މިންވަރާ އަޅާބަލާއިރު އެ ފައިސާގެ މިންވަރު މަދުކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، އާދަކާދައިގެ މަތިން މާލީ އެހީ ހޯދުމަށް ބޭނުންކުރާ ވަސީލަތްތަކުން ބޭރަށް ނިކުމެ، އައު އަދި އީޖާދީ ހައްލުތައް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް މިދުހަތު އަލިއަޅުއްވާލެއްވި އެވެ.

އަދި އެހެން ގައުމުތަކުގެ ތަޖުރިބާތަކުގެ އަލީގައި، ތިމާވެށި ހިމާޔަތްކުރުމަށް ބޭނުންވާ ދެމެހެއްޓެނިވި ފައިނޭންސިންގ ނިޒާމުތައް ގާއިމުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އޭނާ ގޮވާލެއްވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.