ސޯސަންމަގުގައި ހިނގި އެކްސިޑެންޓްއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި

ފާއިތުވި ހޯމަދުވަހު މާލޭގެ ސޯސަންމަގުގައި2 ސައިކަލު ޖެހި ހިނގު ނުރައްކާތެރި އެކްސިޑެންޓްއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

މި އެކްސިޑެންޓަކީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެކެވެ. މި އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އައްސޭރި، ތ. ދިގަމިގިލީ މާހު ހަސަން (21އ) އެވެ. އަދި އޭނާގެ ބަނދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާދީފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އޭނާ ބަންދުކުރުމަށް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، އޭނާ ހައްޔަރު ކޮށްފައިވަނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާތު ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައިއާއި، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ބާރު ސްޕީޑުގައި ޒިގްޒެގްކޮށް ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތުމުގެ ސަބަބުން މި އަހަރު ތެރޭ ހަތަރު ފަހަރެއްގެ މަތިން ހިފަހައްޓާ ޖޫރީމާނާ ކޮށްފައިވާ ފަރާތެކެވެ.

މި އެކްސިޑެންޓުގައި ޖުމްލަ ތިން މީހަކަށް އަނިޔާވެފައިވެއެވެ. އެއީ 21 އަހަރުގެ ދިވެހި ފިރިހެނަކަށާއި، 22 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނަކަށެވެ. އަނިޔާވި ދެ ފިރިހެނުންނަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާއިރު، އަންހެން މީހާއަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.