ޗައިނާގެ ”މިރްކަލް ސިޓީ“ އަށް ޒިޔާރަތްކުރި އެމެރިކާގެ ފުރަތަމަ ރައީސަކީ ޓްރަމްޕް

އޭޕެކް ސަމިޓުގައި ބައިވެރިވުމަށް ޝެންޒެންއަށް ގޮސްއުޅޭ ޑޮނަލްޑް ޓްރަމްޕް ވީ އެ ޤައުމުގެ މަގާމުގައި ހުންނަވައިގެން އެ ސިޓީއަށް ޒިޔާރަތްކުރާ އެމެރިކާގެ ފުރަތަމަ ރައީސަށެވެ.

މި ދަތުރުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް އެ ޤައުމުގެ ޒަމާނީ ކުރިއެރުމުގެ ނަމޫނާއެއްގެ ގޮތުގައި ބެލެވޭ ޝެންޒެންގެ ފުރިހަމަ ރޭވުންތެރިކަމާއި ހަލުވި ޓެކްނޮލޮޖީއާއި މުއްސަނދިކަން އިތުރުވަމުންދާ މިންވަރު ދައްކަވާލާނެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޝެންޒެންއަކީ ސިލިކަން ވެލީއަށް ޗައިނާ ދޭ ޖަވާބެވެ. އެ ސިޓީއަކީ ޓެކްނޮލޮޖީގެ ދާއިރާގެ އީޖާދުވެރިންނާއި ކާބޯތަކެތި ފޯރުކޮށްދޭ ޑްރޯންތަކާއި ދުނިޔޭގެ އެންމެ ހަލުވި ސުޕަރކޮމްޕިއުޓަރުގެ މަރުކަޒެވެ.

މީގެ އިތުރުން މި ސިޓީއަކީ ޓްރަމްޕާއި ޝީއާ ދެމެދު އުފެދިފައިވާ ވިޔަފާރީގެ ވާދަވެރިކަމަށް މަގުފަހިކޮށްދިން ޓެކްނޮލޮޖީގެ ކުރިއެރުންތައް އުފަންވި ބިމެވެ.

ޚާއްޞަކޮށް ރޯ-މެޓީރިއަލްސް ޒަމާނީ ޗިޕްތައް އަދި ފައިދާ ބޮޑު މާކެޓްތަކަށް އޮތް ފުރުސަތުތަކާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ.

ޝެންޒެންގެ 18 މިލިއަން ރައްޔިތުންގެ ތެރެއިން ކޮންމެ މީހަކާ ވާހަކަދެއްކި ނަމަވެސް އެމީހުން ފަޚުރުވެރިކަމާއެކު އެ ސިޓީއަކީ ”މުޢުޖިޒާތެއް ފަދަ ސިޓީއެއް“ ކަމަށް ބުނާނެ އެވެ.

އެންމެ 40 އަހަރުގެ ތެރޭގައި ކުޅިތަކާއި ޗަސްބިންތައް ހިއްކައިގެން ބިނާކުރި މި ސިޓީގައި ނިއުޔޯކަށްވުރެ ގިނަ އަދި ޝިކާގޯއަށްވުރެ ގާތްގަނޑަކަށް ތިން ގުނަ ގިނަ އުސް އިމާރާތްތައް ހުރެ އެވެ.

1980ގެ އަހަރުތަކުގައި ޗައިނާގެ އޭރުގެ ލީޑަރު ދެންގް ޝިއާއޯޕިންގް ހޮންކޮންގާ ދާދި ގާތުގައި އޮންނަ މި ސިޓީ ބޭނުންކުރީ ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމަށްޓަކައި މިނިވަން އިގްތިސާދީ ސިޔާސަތުތައް ތަޖުރިބާކުރުމަށް ފެށި މަރުކަޒެއްގެ ގޮތުގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.