އިސްރާއީލުގެ ޖަލު ގާޑަކު ފަލަސްތީނުގެ އަންހެނެއްގެ މޮޮނުމަތީ ޖަހައި ގަދަކަމުން ބުރުގާ ބާލުވައިފި

އިސްރާއީލުގެ ޖަލު ގާޑަކު ފަލަސްތީނުގެ އަންހެނެއްގެ މޮޮނުމަތީ ޖަހައި، ގަދަކަމުން ބުރުގާ ބާލުވައިފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ކުރީގެ ހައްޔަރީއަކު ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ޖަލުތަކުގައި އާންމު އުސޫލެއްގެ ގޮތުން އަންހެން ހައްޔަރީންގެ ބުރުގާ ގަދަކަމުން ބާލުވައި ނަމާދުކުރާ ހެދުން ފޯރުކޮށްދިނުމަށް އިންކާރުކޮށް ޖިސްމާނީ އަނިޔާއާއި އިހާނެތި އަމަލުތައް ހިންގަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފަލަސްތީނުގެ ހައްޔަރީންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި ދާމޫން ޖަލުގެ ޑައިރެކްޓަރު ވަނީ ފަލަސްތީނުގެ އަންހެން ހައްޔަރީއެއްގެ ކޯތާފަތްމަތީގައި ޖަހައި އޭނާގެ ބުރުގާ ގަދަކަމުން ބާލުވާފަ އެވެ.

ޕްރިޒަނާސް މީޑިއާ އޮފީހުން އަންގާރަ ދުވަހު ބުނި ގޮތުގައި ޖަލުގެ އިދާރާއިން ވަނީ އަންހެން ހައްޔަރީންގެ ރެކޯޑުތައް އާކުރުމަށް ފޮޓޯ ނެގުމުގެ ކުރިން ބުރުގާ ބޭލުމަށް އަމުރުކޮށްފަ އެވެ. އަދި މި އަމުރަށް އިންކާރުކުރި އަންހެނުންނަށް ވަނީ ޖިސްމާނީ ގޮތުން އަނިޔާކޮށްފަ އެވެ.

އެ އޮފީހުން މައުލޫމާތު ދޭ ގޮތުގައި ޖަލުގެ މުވައްޒަފުން ވަނީ ހައްޔަރީން އެކަކު އަނެކަކާ ވަކިން ގޮޅިތަކުން ނެރެ ފޮޓޯ ނަގާ ކޮޓަރިއަށް ގެންގޮސްފަ އެވެ. އަދި ބުރުގާ ބޭލުމަށް ދެކޮޅު ހެދި މީހުންނަށް މަޖުބޫރު ކުރުވުމުގެ ގޮތުން ވަނީ އަނިޔާކޮށްފަ އެވެ.

މީގެ ތެރެއިން އެއް ހާދިސާގައި ޖަލުގެ ޑައިރެކްޓަރު ވަނީ އަންހެން ހައްޔަރީއެއްގެ ބުރުގާ ގަދަކަމުން ބާލުވައި އޭނާގެ ކޯތާފަތްމަތީގައި ޖަހައި ފޮޓޯ ނަގާ ކޮޓަރިއަށް ކޮށްޕާ ވައްދާފަ އެވެ.

މި އަނިޔާވެރި އަމަލު ހިންގާފައިވަނީ އެ އަންހެން މީހާ އަށް ދުވަހު އެކަހެރި ބަންދެއްގައި ބެހެއްޓުމަށްފަހު ނެރުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގަ އެވެ.

ފަލަސްތީނިއަން ޕްރިޒަނާސް ކްލަބުގެ ތަރުޖަމާނު އަމާނީ ސަރަހްނާ ވިދާޅުވި ގޮތުގައި ދާމޫން ޖަލަށް ޒިޔާރަތްކުރި ވަކީލުން ވަނީ ފޮޓޯ ނެގުމުގެ ތެރޭގައި އަންހެން ހައްޔަރީންނަށް ބުރުގާ ބޭލުމަށް މަޖުބޫރުކުރިކަން ކަށަވަރުކޮށްދީފަ އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިއީ އަންހެން ހައްޔަރީންނާ މެދު މިފަދަ އަމަލުތައް ހިންގި ފުރަތަމަ ފަހަރު ނޫން ކަމަށެވެ.

ސަރަހްނާ ފާހަގަކުރެއްވި ގޮތުގައި ބުރުގާއަށް އަމާޒުކޮށް ހިންގާ މިފަދަ އަމަލުތަކަކީ އަންހެނުންގެ އަމިއްލަ މިނިވަންކަމާއި ކަރާމާތަށް އަރައިގަތުމެވެ.

މިއީ ޖަލު އިދާރާއިން އެމީހުންނަށް އިހާނެތިކޮށް ހިތިކޮށް ދަށުދަރަޖަ ކުރުމަށް ބޭނުންކުރާ އެކި އުކުޅުތަކުގެ ތެރެއިން ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

”މި އިހުލާލުތައް މިހާރު ހަމައެކަނި ބުރުގާއަކަށް ނުހުއްޓޭ. ޖަލު އިދާރާގެ އަމަލުތައް މީގެ ކުރިން ކޮންމެވެސް މިންވަރަކަށް ހިފަހައްޓާފައި އޮތް ’ރަތް ރޭނިތައް‘ މިހާރު ނެތުމުން، ޖަލުގެ އެތެރޭގެ ހުރިހާ ދާއިރާއަކުން ވެސް މިފަދަ އަނިޔާތައް ދަނީ ކުރިމަތިވަމުން،“ ސަރަހްނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ހާދިސާ ވަކިން ބޮޑަށް ސީރިއަސް ވަނީ ހަމައެކަނި ބުރުގާ ބާލުވަން މަޖުބޫރުކުރުމަކުން ނޫނެވެ.

އެ އަނިޔާވެރި އަމަލުތައް ހިންގާ މަންޒަރު ވީޑިއޯކޮށް ރެކޯޑުކުރުމަކީ މައްސަލަ އިތުރަށް ގޯސްވާ ކަމެކެވެ.

ސަރަހްނާ ވިދާޅުވި ގޮތުގައި ޖަލުތަކުގައި ހިންގާ ރޭޑްތަކާއި އަނިޔާވެރި އަމަލުތައް މިހާރު އާންމުކޮށް ރެކޯޑުކުރެ އެވެ.

މީގެ ތެރޭގައި ހައްޔަރީން ޖަލުގެ ގޯތިތެރެއަށް ނެރެ އެމީހުންގެ ވީޑިއޯ ނެގުން ހިމެނެ އެވެ.

މިފަދަ ވީޑިއޯތައް ކުރުމަކީ ހަމައެކަނި އިދާރީ އިޖުރާއަތެއް ނޫން ކަމަށާއި އެއީ ހައްޔަރީންނަށް ދޭ އަނިޔާއާއި އިހާނެތިކަމުގެ މުހިންމު ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.