އެއޯސިސްގެ ރިޔާސަތުގެ ހައިޘިއްޔަތުން އެއިއްތިހާދުގެ މެމްބަރު ޤައުމުތަކާއެކު ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެއް ރާއްޖެއިން ބާއްވައިފި..

މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް އެކުލަވާލާފައިވާ މުޢާހަދާ ޔޫ.އެން.އެފް.ސީ.ސީ.ސީގެ 22 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ބާއްވާ މި ބައްދަލުވުން ބޭއްވީ މޮރޮކޯގެ މަރާކަޝްގައެވެ.

މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދައްކާފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން މިހާރު ހިނގަމުންދާ ބައިނަލްއަޤްވާމީ މަޝްވަރާތަކުގައި ކުދި ޖަޒީރާ ޤައުމުތަކުން އިސްކަންދޭނޭ ކަންކަމާއި މިކަންކަން ޙާޞިލުކުރުމަށް ޤައުމުތަކުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާއި ބެހޭ ގޮތުންނެވެ.

އިޝްތިހާރު Below Header ad

މޫސުމަށް އަންނަ ބަދަލުތައް މިޓިގޭޓްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުދި ޖަޒީރާ ޤައުމުތަކަށް ދެމެހެއްޓެނެވި އަދި އެކަށޭނެ މިންވަރަކަށް އެހީ ހޯދުމަށް މަސައްކަތްކުރުމާ މެދު އިއްތިހާދުގެ މެމްބަރު ޤައުމުތަކާއިއެކު ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

އެއޯސިސްއަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ 44 ޤައުމު ހިމެނޭ އިއްތިހާދެކެވެ. މިއިއްތިހާދުގެ ރިޔާސަތާއި ރާއްޖެއިން ޙަވާލުވެފައިވަނީ 2015 ވަނަ އަހަރުއެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު ދެ އަހަރަށް ރާއްޖެއިން ރިޔާސަތު ބަލަހައްޓައިދިނުމަށް އިއްތިހާދުގެ މެމްބަރު ޤައުމުތަކުން އެދުމުން ރާއްޖެއިން އެކަން ވަނީ ޤަބޫލުކޮށްފައެވެ.

ކޮޕް 22 ގައި ބައިވެރިވެވަޑައިގަތުމަށް އެންވަޔަރްމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ހުކުރުދުވަހުގެރޭ  މޮރޮކޯއަށް ފުރާވަޑައިގަންފައިވާ އިރު، ކޮޕް 22 ގައި އެންމެ ބޮޑު ސަމާލުކަމެއް ދޭކަންތައްތަކުގެތެރޭގައި 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހު ފާސްކުރި ޕެރިސް އެގްރިމެންޓްގައި ހިމެނޭ ކަންތައްތައް ކުރިއަށް ގެންދާނެ ޤަވާޢިދެއް އެކުލަވާލުމާއި މޫސުމަށް އަންނަ ބަދަލުތަކާގުޅިގެން ޤައުމުތަކަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށް ތަރައްޤީވެފައިވާ ޤައުމުތަކުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ އުޞޫލުތަކެއް ކަނޑައެޅުންފަދަ ކަންތައްތައް ހިމެނެއެވެ.

މޮރޮކޯއަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ ޠާރިޤް ވިދާޅުވީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ޖަޒީރާ ޤައުމުތަކަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ބޮޑެތި ޤައުމުތައް މެދުވެރިކޮށް އެންމެ އަވަހަށް މާލީ އެހީ ލިބޭނެ ގޮތެއް ހޯދަވަން މަސައްކަތް ކުރައްވާނޭކަމުގައެވެ.

ޕެރިސް އެގްރިމެންޓް 100 ޤައުމުން ތަސްދީގުކޮށްފައިވާ އިރު، އެ އެގްރިމެންޓް މިހާރު ވަނީ ބައިނަލްއަޤްވާމީ ޤާނޫނެއްގެ ގޮތުގައި ހަމަޖެހިގެންގޮސްފައެވެ.

އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ގެ ރިޔާސަތު ބަލަހައްޓާ ޤައުމުގެ ހައިޘިއްޔަތުން ޕެރިސް އެގްރިމެންޓް ކާމިޔާބު އެއްޗަކަށް ހެދުމަށް ދިވެހިރާއްޖެއިން ވަނީ މުހިއްމު އަދި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.