ޕޯޗުގަލްގެ ރެއާލް މެޑްރިޑް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް އެ ޓީމްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.
ރެއާލް މެޑްރިޑް ގެ ކޯޗު ޒިދާން މިހެން ބުނީ އެޓީމު އެންމެ ފަހުން ސްޕެނިޝް ލީގްގައި ލަސް ޕާމްސްއާ ދެކޮޅަށް ކުޅެ 2-2ގެ ނަތީޖާއަކުން އެއްވަރުވި މެޗުގެ 71 ވަނަ މިނެޓްގައި ރޮނާލްޑޯ ބަދަލުކުރުމުން ރޮނާލްޑޯ ގެ ރުޅިވެރިކަން ޒިދާންއަށް އަމާޒު ވެފަވާ ދަނޑިވަޅެއްގައެވެ.
އެމެ ޗު ނުނިމެނީން ބަދަލުކުރުމުން ރިނާލްޑޯ ވަނީ ހިތް ހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
ޕޯޗުގަލްގެ މީޑިއާތަކުން ވެސް ވަނީ އެމައްސަލާގައި ޒިދާން އަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.
ނަމަވެސް ޗެމްޕިއަންސް ލީގްގައި މިރޭ ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ޒިދާން ބުނީ ހުރިހާ ކުޅުންތެރިން ވެސް 90 މިނެޓް ކުޅެން ބޭނުންވާނެ ކަމަށާއި ދަނޑުން ފައިބާކަށް އެއްވެސް ކުޅުންތެރި އަކު ބޭނުން ނުވާނެކަމަށެވެ.
އޭނާ ބުނީ ބަދަލުކުރުމުން ހިންހަމަ ނުޖެހުން ފާޅުކުރަނީ ރޮނާލްޑޯ އެކަނި ނޫންކަމަށާއި ހުރިހާ ކުޅުންތެރިން ވެސް ހިތް ހަމަ ނުޖެހޭކަމަށެވެ. އޭނާގެ ވިސްނުން ބޮޑަށް ހުރީ މިރޭގެ މެޗަށްކަމަށާއި ހުރިހާ ކަމެއް ވެސް ކުރަނީ ކުޅުންތެރިންގެ ފައިދާއަށްކަމަށް ޒިދާން ބުންޏެވެ.
ޒިދާން ބުނީ އޭނާ ގޯސް ކޮށް އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ރޮނާލްޑޯ އަކީ ވަރަށް ވިސްނުންތޫނު މޮޅު ކުޅުންތެރިއެއް ކަމަށެވެ.
އެހެންކަމުން ބުރިހާކަމެއްވެސް ދަނީ ރަނގަޅަށް ކަމަށް ޒިދާން ބުންޏެވެ.