ފެނަކައިގެ ބިލްތައް ދެން ފޮނުވާނީ އެސްއެމްއެސް މެދުވެރިކޮށް
މިކަމާ ގުޅޭ ގޮތުން ފެނަކަ އިން މިއަދު ބުނީ ބިލްތަކާއި އަދި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ބިލް ނުދައްކައިގެން ފޮނުވާ ރެޑް ނޯޓިސް މިއަދުން ފެށިގެން ދެން ފޮނުވާނީ އެސްއެމްސް މެދުވެރިކޮށް ކަމަށެވެ.
އެގޮތުން މެސެޖް ފޮނުވާނީ އެ ކަސްޓަމަރަކު ކުންފުނީގައި ރަޖިސްޓްރީކޮށްފައިވާ ނަމްބަރަކަށް ފެނަކައިން ބުންޏެވެ. އެގޮތުން ފޮނުވާ މެސެޖްގައި އެޑްރެހާއި ނަމްބަރާއި ސަބްސްކްރިޕްޝަން ނަމްބަރާއި މީޓަރު ނަމްބަރާއި ބިލަށް އަރާ ވަރުގެ އިތުރުން މުއްދަތު ހަމަވާ ތާރީހު ހިމަނާފައި ވާނެ އެވެ.
ފެނަކަ އިން ބުނީ މިއަދުން ފެށިގެން އަންނަ މަހުގެ 5 އަށް މެސެޖް ނުލިބޭ ކަސްޓަމަރަކު ހުރި ނަމަ ހިދުމަތް ހޯދާ ބްރާންޗަށް ގުޅައިގެން ބިލް ހޯދަން އެދޭ ކަމަށެވެ.