އަތޮޅު އިހްޔާ ފޯރަމްތަކުގެ މިއަހަރުގެ އެއްވަނަ ހޯރަފުށި ހޯދައިފި

1444 ވަނަ އަހަރު ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމަށް ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމްތަކުގެތެރެއިން އަތޮޅުތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ އަތޮޅު އިޙްޔާ ފޯރަމްތަކުގެ 1 ވަނަ އިނާމް ހއ. ހޯރަފުއްޓަށް ލިބިއްޖެއެވެ.

މިކަން އިއުލާން ކުރީ ހުކުރު ދުވަހުގެރޭ ފުވައްމުލައް ސިޓީގައި ބޭއްވި އަތޮޅު އިޙްޔާގެ އެންމެ ފަހު ފޯރަމްގައެވެ. އިޙްޔާ ފޯރަމް ބޭއްްވި ހުރިހާ އަތޮޅެއްގެ ގުރުއަތުނެގުން މި ފޯރަމްގައި ކުރިއަށް ގެންދިޔައިރު 2 ވަނަ އަދި 3 ވަނަ ލިބުނީ ފުވައްމުލައް ސިޓީއަށެވެ.

އިޝްތިހާރު Below Header ad

އަތޮޅު އިޙްޔާ ފޯރަމްތަކުގެ 1ވަނަ, 2 ވަނަ، އަދި 3 ވަނައަަށް ހޮވުނު ފަރާތްތަކާއި ލިބުނު އިނާމު:

1 ވަނަ – AIF HOA 282

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ދެއްވާ ޢުމްރާ ދަތުރު

2ވަނަ- AIF FVM 363

އުރީދޫން ސްޕޮންސަރ ކޮށްފައިވާ އައިފޯން 13

3ވަނަ- AIF FVM 768

ރެއިންބޯއިން ސްޕޮންސަރގެ ގޮތުގައި ދެއްވާ ސޯފާސެޓް

ގުރުއަތުން ހޮވުނު ފަރާތްތަކުން ނަންބަރުކޮޅުގެ ފޮޓޯއާއި އައިޑީކާޑުގެ ފޮޓޯ ވައިބަރ ކުރައްވާނީ 7910208 މި ނަންބަރަށެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާނަމަ [email protected] އަށް މެއިލް ކުރެއްްވޭނެއެވެ.

އެހެން ބޭފުޅަކު ބަދަލުގައި ފޮނުވާނަމަ، ބަދަލުގައި ފޮނުވާ ބޭފުޅެއްގެ ސިޓީއަކާއި އައިޑީކާޑު ކޮޕީ އަދި ނަންބަރުކޮޅު ގެނައުމުން ވެރިފައިކުރުމަށްފަހު އިނާމް ހަވާލުކުރެވޭނެއެވެ.

މި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަހުމަދު ޒާހިރު ޢަލީވަނީ މިފަދަ ފޯރަމްތަކެއް ކުރިއަށް ގެންދިޔުމުގައި ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބުނުކަން ފާހަގަކުރައްވާ ރަށްރަށުން ލިބުނު އެއްބާރުލުމަށްޓަކައި ކައުންސިލްތަކާއި އެކިއެކި މުއައްސަސާތަކާއި ރައްޔިތުންނަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މިނިސްޓްރީން މި ފޯރަމްތައް ކުރިއަށް ގެންދިއުމުގައި އެހީތެރިވި ހުރިހާ ފަރާތަކަށްވެސް ޝުކުރުއަދާކުރެއްވިއެވެ.

މިއަހަރު ޖުމްލަ 7 ރަށެއްގައި އަތޮޅު އިޙްޔާ ފޯރަމް ބާއްވާފައިވެއެވެ. އެއީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ހއ. ހޯރަފުށި، ރ.ދުވާފަރު، ޅ. ނައިފަރު، އަދި ގދ. ތިނަދޫ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.