
”މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ“ގެ ނަން، ”މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް“ގެ ނަމަށް ބަދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނެވި ބަދަލާއިއެކު ”މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ“ގެ ނަން، ”މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް“ގެ ނަމަށް ބަދަލުކުރައްވައިފި އެވެ.
މިނިސްޓްރީގެ ނަމަށް ބަދަލުގެންނެވިކަން ހާމަޮށްފައި ވަނީ، ސަރުކާރުގެ އިދާރީ އޮނިގަނޑަށް، 2026 އެޕްރީލު 14ވަނަ ދުވަހާއި 15ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ބައެއް ބަދަލު ގެންނަވައިފައިވާ ކަމުގައި ދަންނަވައި އެ އޮފީީހުން 15ވަނަ ދުވަހު އާއްމުކުރި ދެންނެވުމުގަ އެވެ.
އެގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ“ގެ ނަން، ”މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް“ ގެ ނަމަށް ބަދަލުކުރައްވައި، ވަޒީރުކަމުގެ ފަތްކޮޅު މިނިސްޓަރ މޫސާ ޒަމީރަށް ވަނީ އަރުއްވާފައެވެ.



