ޚާރިޖީ ސިޔާސަތު، ޤައުމުތަކުގެ މެދުގައި ބެލެންސްކުރެވެންޖެހޭ: ނާޒިމް

ރާއްޖޭގެ ޚާރިޖީ ސިޔާސަތު، ޤައުމުތަކުގެ މެދުގައި ހަމަހަމަކޮށް ބެލެންސްކުރެވެންޖެހޭނެ ކަމަށް އެމް.އެން.ޕީ. ގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމް.އެން.ޕީ އިން ބާއްވާ “ނުއިވޭ އަޑުތައް” ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި ވާހަކަދައްކަވަމުން މުޙައްމަދު ނާޒިމް ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އިޝްތިހާރު Below Header ad

ނާޒިމް ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ބަލާއިރު މިއަދު ފެންނަނީ ވަކި ޤައުމެއްގެ “އުނގަށް” ވެއްޓިފައިވާ ތަނެވެ. އަދިި އެއް ޤައުމެއްގެ ގޮނޑިކޮއްކޮއަކަށްވެ، ޚާރިޖީ ސިޔާސަތުތައް ދީލާލާފައިވަނީ އެއް ޤައުމެއް އެދޭ ގޮތަށް ކަމަށެވެ. ނަމަވެސް، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކޮށް ގޮތް ނިންމަންވާނީ ރާއްޖޭން ކަމުގައި ނާޒިމް ފާހަގަކުރެއްވިއެވެ.

މި ސަރުކާރުގައި ރާއްޖެ ދަނީ އިންޑިޔާގެ ދަށުވަމުން ކަމަށް އިދިކޮޅު ފަރާތްތަކުންނާއި، ޤައުމުގެ ކަންކަމާމެދު ގޮތްކިޔާ ވަރަށް ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ. އެކަމަށް ދަލީލުކުރާ އެތައް ކަމެއް ރާއްޖޭން ފެންނަމުންވެސް ދެއެވެ. ރާއްޖޭގައި ހިންގޭ މަޝްރޫޢުތަކުގެ ބޮޑު ނިސްބަތެއް ދެވެނީ އިންޑިޔާގެ ކުންފުނިތަކަށެވެ. އަދި އިންޑިޔާގެ ސަފީރު އަންގަވާ ގޮތަކަށް ރާއްޖޭގެ ދާޚިލީ، އަދި އަމިއްލަވަންތައް އެތައް ކަމެއްގައި ޢަމަލުކުރާކަމަށް އެކަންކަން ދަންނަ މީހުން ފާހަގަކޮށް ބުނަމުންވެސް ގެންދެއެވެ. ނާޒިމްގެ ވާހަކަފުޅުގައި މި ވާހަކަފުޅުތައް ވިދާޅުނުވި ނަމަވެސް، މި މައްސަލައިގެ ކަންބޮޑުވުން ސިފަކޮށްދެއްވިއެވެ.

ނާޒިމް ވިދާޅުވީ، ޚާރިޖީ ސިޔާސަތު އޮންނަންވާނީ ބެލެންސްކޮށް ކަމަށެވެ. އެމް.އެން.ޕީ. ގެ ވެރިކަމެއްގައި ޚާރިޖީ ސިޔާސަތު ބައްޓަންވެގެންދާނީ “ކޮންމެ ޤައުމަކާވެސް ސަލާންކޮށްލެވޭ” ހިސާބުގައި އޮންނަ ގޮތަށް ކަމަށް ނާޒިމް ޔަގީންކަން ދެއްވިއެވެ.

ޚާރިޖީ ސިޔާސަތު އެގޮތަށް ބައްޓަންކުރުމުން، ޤައުމުތަކާ ގުޅިފައިވާ މައްސަލަތައް ޙައްލުކުރެވޭނެ ކަމުގައިވެސް ނާޒިމް ވިދާޅުވިއެވެ. އެގޮތުން، ރެކޯޑްނެތް ބިދޭސީން ފޮނުވާލުމާ، ސީރިއާގައި ޙާލުގައި ޖެހިފައިވާ ދިވެހިންގެ މައްސަލަ ޙައްލުކުރުން ފަދަ ކަންކަމަކީ ރަނގަޅު ޚާރިޖީ ސިޔާސަތެއް އޮވެގެން ކުރެވޭނެ ކަންތައްތައް ކަމުގައެވެ.

ޒިމް ވިދާޅުވަނީ ވެރިކަމަށް ހޮވިއްޖެނަމަ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަމަމަގަށް އަޅުވައި ދިވެހިރާއްޖެ ޚާރިޖީގޮތުންނާއި ސިޔާސީ ގޮތުން ވަކި ޤައުމެއްގެ އަތްދަށުވަމުންދާ ދިއުމަށް ނިމުމެއް ގެންނަވާނެކަމުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.