އިޓާލިއަން ލީގުގައި 250 ލަނޑު ހަމަކުރި ދެވަނަ ކުޅުންތެރިއަކަށް ޓޮޓީ.

އިޓާލިއަން ލީގުގައި ރޯމާގެ ކެޕްޓަން އަދި ލެޖެންޑް ފްރެންޗެސްކޯ ޓޮޓީ އޭނާގެ ކެރިއަރުގެ 250 ވަނަ ލަނޑު ހަމަކޮށްފި އެވެ.

ލީގުގައި ޓޮރިނޯ އަތުން 3-1 އިން ރޯމާ ބަލިވި މެޗުގައި ޓޮޓީ ޖެހި ހަމައެކަނި ލަނޑާ އެކު އޭނާ ވެފައިވަނީ އިޓާލިއަން ލީގުގައި 250 ލަނޑު ހަމަކުރި ދެ ވަނަ ކުޅުންތެރިޔާ އަށެވެ.

އިޝްތިހާރު Below Header ad

އިޓަލީ ލީގުގައި މި އަދަދު ފުރަތަމަ ހަމަކުރި ކުޅުންތެރިޔަކީ ސިލްވިއޯ ޕައިއޯލާ އެވެ. އޭނާ ފުޓްބޯޅަ ކުޅުން 1954 ވަނަ އަހަރު ހުއްޓާލިއިރު 274 ލަނޑުޖަހާފައިވެއެވެ.

1993 ވަނަ އަހަރު އުމުރުން އެންމެ 16 އަހަރުގައި ސީނިއާ ކެރިއަރު ފެށި ޓޮޓީ ރޯމާ ނޫން ކްލަބަކަށް ކުޅެފަ ނުވާއިރު އޭނާ އިޓަލީ ލީގުގައި 250 ލަނޑު ހަމަކުރިއިރު ޖުމުލަކޮށް ހުރިހާ މުބާރާތްތަކެއްގައި އޭނާވަނީ ޖުމްލަ 306 ލަނޑު ޖަހާފައިވެ އެވެ.

ޓޮޓީ ވަނީ އެ ކްލަބާ އެކު އިޓާލިއަން ލީގު އެއް ފަހަރު އަދި އިޓާލިއަން ކަޕް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.

ރޯމާ 10 ޕޮއިންޓާ އެކު މިވަގުތު އޮތީ ހަތަރު ވަނާގައެވެ. އެއް ވަނައިގައި 15 ޕޮއިންޓާ އެކު ޔުވެންޓަސް އޮތްއިރު ދެ ވަނައިގައި 14 ޕޮއިންޓާ އެކު އޮތީ ނަޕޯލީ އެވެ. ތިން ވަނަ އަށް އެރީ ރޭ ބޮލޯނިއާއާ 1-1 އިން އެއްވަރުވި އިންޓަ މިލާނެވެ. އެ ޓީމަށް ލިބިފައިވަނީ 11 ޕޮއިންޓެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.