މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން މަޝްވަރާ ކޮށްފި

އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ސްޕެޝަލް އެންވޯއީ ފޮރ ދަ އޯޝަން، ޕީޓަރ ތޮމްސަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޞަބްރާ އިބްރާހީމް ނޫރައްދީންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރައީސް އޮފީހުގައެވެ.

އިޝްތިހާރު full width ad 1200 x 150

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކަނޑުތައް ހިމާޔަތްކުރުމާއި ކަނޑުގެ ދިރުންތަކާބެހޭ ގޮތުންނާއި އަދި ގްލޯބަލް ޓްރީޓީ އޮން ޕްލާސްޓިކް ޕޮލިއުޝަން، ހައި ސީސް ޓްރީޓީ އަދި ގްލޯބަލް ބަޔޯޑައިވާސިޓީ ފްރޭމްވޯކްއާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ހޯދިފައިވާ އެންމެފަހުގެ ކުރިއެރުންތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުތަކާ އޮންނަ ގުޅުމުގެ މައްޗަށް ވެސް ދެބޭފުޅުންގެ ވާހަކައިގައި އަލިއަޅުއްވާލެއްވިއެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ސްޕެޝަން އެންވޯއީ ފޮރ ދަ އޯޝަން، ރާއްޖެވަޑައިގެން އުޅުއްވަނީ ހޮޓެލް ޖެންގައި މި މާރިޗު މަހުގެ 12ގައި ކުރިޔަށްގެންދިޔަ ”ސަސްޓެއިނަބަލް އޯޝަން މެނޭޖްމަންޓް އިން ދަ މޯލްޑިވްސް އެންޑް ދަ އިންޑިއަން އޯޝަން“ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

މި ކޮންފަރެންސަކީ ސަސަކާވާ ޕީސް ފައުންޑޭޝަންގެ އޯޝަން ޕޮލިސީ ރިސަރޗް އިންސްޓިޓިއުޓް (އޯ.ޕީ.އާރު.އައި)އާއި، ރާއްޖޭގެ ޖަމްޢިއްޔާއެއް ކަމުގައިވާ ވިމެން އިން ޑިމޮކްރަސީ ގުޅިގެން ބޭއްވި ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން ޞަބްރާ އިބްރާހިމް ނޫރައްދީން ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ކަންކަންކުރުމާއި ކަނޑުތައް ހިމާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ހޭލުންތެރިކަން އިތުރުކޮށް، އެކަމުގައި ބައިވެރިވުން އިތުރުކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

މި ކޮންފަރެންސްގައި ނޫ އިޤްތިޞާދަށާއި ކަނޑުތަކާ ގުޅޭ ދެމެހެއްޓެނިވި ގޮތްތަކަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، ރާއްޖެއާ އިރުމަތީ އިންޑިއާ ކަނޑުތަކަށް ކުރިމަގުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލާފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.